އިންޓަނޭޝަނަލް ބިޒްނަސް އެވޯޑްސް (އައިބީއޭ) ގައި އެންމެ ފާހަގަކޮށްލެވޭ ޓެލެކޮމް ކުންފުނީގެ ގޯލްޑް ސްޓީވީ އެވޯޑް ކާމިޔާބުކޮށް، އޭޝިޔާ ޕެސިފިކް ސްޓީވީ އެވޯޑުން ފާހަގަކޮށްލެވޭ ގިނަ އެވޯޑްތަކެއް އުރީދޫން ހާސިލް ކޮށްފިއެވެ.
އުރީދޫން ބުނީ، 17 ވަނަ ސްޓީވީ އިންޓަނޭޝަނަލް ބިޒްނަސް އެވޯޑްސްގައި އަހަރުގެ އެންމެ ފާހަގަ ކޮށްލެވޭ ޓެލެކޮމް ކުންފުނީގެ ގޯލްޑް ސްޓީވީ އެވޯޑް އެ ކުންފުންޏަށް ލިބިފައިވާ ކަމަށެވެ.
ހަމައެއާއެކު އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސް އިން އަހަރުގެ އެންމެ އީޖާދީ ކުންފުނީގެ ގޯލްޑް ސްޓީވީ އެވޯޑް އަދި އެންމެ އީޖާދީ ކަސްޓަމާ ސާވިސް ފޯރުކޮށްދޭ ކުންފުނީގެ އެވޯޑް ވެސް އުރީދޫ މޯލްޑިވްސް އަށް ވަނީ ލިބިފައި ކަަމަށް އުރީދޫން ބުނެއެވެ.
ގޯލްޑް ސްޓީވީ އެވޯޑްތަކުގެ އިތުރުން ވެސް ކުންފުނިން ވަނީ 17 ވަނަ ސްޓީވީ އިންޓަނޭޝަނަލް ބިޒްނަސް އެވޯޑްސްގައި އެތައް އެވޯޑެއް ހާސިލްކޮށްފައެވެ. އޭގެ ތެރެއިން:
- ގޯލްޑް ސްޓީވީ - ކޮންޕެނީ އޮފް ދަ އިޔާ (ޓެލެކޮމިއުނިކޭޝަންސްގެ ދާއިރާއިން، މެދު ފަންތީގެ ވިޔަފާރިތައް)
- ސިލްވާ ސްޓީވީ - މޯސްޓް އިނޮވޭޓިވް ކޮންޕެނީ އޮފް ދަ އިޔާ ( 2500 މުވައްޒަފުނާއި ހަމައަށް)
- ބްރޮންޒް ސްޓީވީ - މޯބައިލް ސައިޓް އެންޑް އެޕް (ވިޔަފާރި)
- ބްރޮންޒް ސްޓީވީ - މޯސްޓް ވެލުއަބަލް ކޯޕޮރޭޓް ރެސްޕޯންސް
މީގެ އިތުރުން އޭޝިއާ ޕެސިފިކް އެވޯޑްސްއިން ވެސް އުރީދޫއަށް ވަނީ އެވޯޑްތަކެއް ލިބިފައެވެ. އެ އެވޯޑް ތަކަކީ:
- ގޯލްޑް ސްޓީވީ - އެވޯޑް ފޮރ އިނޮވޭޝަން އިން އެޕްސް
- ގޯލްޑް ސްޓީވީ - އެވޯޑް ފޮރ އިނޮވޭޝަން އިން ކަސްޓަމަރ ސަރވިސް
- ސިލްވަރ ސްޓީވީ - އެވޯޑް ފޮރ އެކްސަލެންސް އިން އިނޮވޭޝަން އިން ޓެކްނޮލޮޖީ
އުރީދޫއަށް ލިބުނު މި އެވޯޑްތަކާ ގުޅިގެން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ނަޖީބް ހާން ވިދާޅުވީ، ދިވެހިރާއްޖޭގެ މުޖުތަމައުތައް ގުޅުވާލަދީ، ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް އާންމު ދިރިއުޅުމަށް އިތުރު ފަސޭހަކަމެއް ގެނެސްދިނުމަށް އެ ކުންފުނިން ކުރާ މަސައްކަތް ފާހަގަކޮށް، އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ޓެލެކޮމިއުނިކޭޝަން ކުންފުނީގެ އެވޯޑް ލިބުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އެގޮތުން ފާއިތުވީ އަހަރުގެ ތެރޭގައި ވެސް، އުރީދޫން ވަނީ އެ ކުންފުނީގެ ނެޓްވޯކް އަދި ޓެލެކޮމިއުނިކޭޝަންސް އިންފްރާސްޓްރަކްޗާ ވަރުގަދަ ކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައި ކަމަށް ނަޖީބް ހާން ވިދާޅުވިއެވެ.
މީގެ އިތުރުން އެތަކެއް އީޖާދީ ހިދުމަތްތަކެއް ވެސް ވަނީ ރާއްޖެއަށް މުޅިން އަލަށް ތައާރަފްކޮށްދީފައި ކަމަށާއި ޓެލެކޮމިއުނިކޭޝަންސްގެ ހިދުމަތްތަކުގެ އިތުރުން، އެމް-ފައިސާގެ ހިދުމަތާއި އީ-ކޮމާސްގެ ހިދުމަތްވެސް ކަސްޓަމަރުންނަށް އެއް ޕްލެޓްފޯމަކުން ފޯރުކޮށް ދިނުމުގެ ގޮތުން ލައިފްސްޓައިލް އެޕަކަށް އުރީދޫ އެޕްވެސް ވަނީ ބަދަލުކުރެވިފައި ކަމަށް އޭނާ ވިދާޅުވިއެވެ.