ލުބްނާންގެ ވަގުތީ ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވި މުސްތޮފާ އަދީބު، އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ލުބްނާނުގެ ވަގުތީ ބޮޑުވަޒީރު ކަމުގެ މަގާމުން އަދީބު އިސްތިއުފާ ދެއްވާފައި ވަނީ، އާ ސަރުކާރު އެކުލަވާލުމުގެ މަރުހަލާ ކޮޅެއްގައި ނުޖެހި، އުފެދިފައިވާ މައްސަލަތަކާ ގުޅިގެން ކަމަށް ޚަބަރު ލިބެއެވެ.

ޓީވީ މެދުކުރައްވާ ވާހަކަފުޅު ދައްކަވަމުން އަދީބު ވިދާޅުވީ، ވަގުތީ ބޮޑުވަޒީރު ކަމުން ފައިބާވަޑައިގަންނަވާ، ރައީސް މައިކަލް އޫން އާއިވެސް ބައްދަލުކުރެއްވުމަށް ފަހުގައި ކަމަށެވެ.

އާ ސަރުކާރު އެކުލަވާލުމުގައި ދެބަސްވުންތައް އުފެދި، މައްސަލަ ހޫނުވީ، މާލީ ވަޒީރު ކަމުގެ މަގާމަށް ކަނޑައަޅުއްވާނެ ބޭފުޅަކާ މެދުގައި ކަމަށް ޚަބަރު ލިބެއެވެ.

ލުބްނާންގައި އާ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވަނީ، މިދިޔަ އޯގަސްޓް މަހުގެ ކުރީކޮޅު، ލުބްނާންގެ ބަނދަރު ސަރަހައްދުގައި ގޮވި ބާރުގަދަ ގޮވުމާއެކު އިތުރަށް ނުތަނަވަސްވެގެން ދިޔަ އާންމު ފިއްތުންތަކާއެކު، އޭރު އޮތް ސަރުކާރު އެކުގައި އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.