ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދާނެ ކަމަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އިން ބުނެފިއެވެ.
ޑީއާރްޕީ އިން މިއަދު ބުނީ ޖަލުގައި ތިބި ގައިދީންނަށް އެއް ހަމައަކުން އަމަލުކުރަން ޖެހޭއިރު ރައީސް އަށް ގާނޫނީ ވަކީލުންނާއި ބައްދަލު ކުރުމުގެ ފުރުސަތު ނުދެއްވާ ބެހެއްޓުމުން މިނިސްޓަރު އިމްރާމްގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ.
ސްޕްރީމް ކޯޓުން ގޮތެއް ނިންމަންދެން ރައީސް ޔާމީން ވަގުތުން ވަގުތަށް މިނިވަން ކުރެއްވުމަށް ވެސް އެޓުވީޓުގައި ވަނީ ބުނެފައެވެ. އެހެންނޫނީ ހޯމަ ދުވަހު މިނިސްޓަރު އިމްރާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެ ކަމަށް ޑީއާރްޕީއިން ވަނީ ބުނެފައެވެ. އަދި އޭގެ ކުރިން މަޝްވަރާއަށް ތައްޔާރު ކަމަށް ވެސް ބުނެފައިވެއެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ގެންދަވަނީ ކުރައްވަމުންނެވެ. ރާއްޖޭގެ ހާރިޖީ ސިޔާސަތު ފެއިލްވެފައި ވާ ކަމަށާ އެކަމުގެ ޒިންމާ ޝާހިދު ނަންގަވަން ޖެހޭނެ ކަމަށް ޖާބިރު ވިދާޅުވެއެވެ.
ޖާބިރު ވިދާޅުވީ، ހުރިހާ މިޝަންތައް ފެއިލްވެފައިވާ ކަމަށާއި ވަކި ގައުމަކާ ނޫނީ ގުޅުން ބަދަހި ނުކުރެވޭ ކަމަށެވެ. އެހެންކަމުން މިނިސްޓަރު ޝަހިދަށް ކަމެއް ނުކުރެއްވޭ ކަމަށް ވިދާޅުވެ، ޖާބިރު ވަނީ ޝާހިދު އެފަދަ މަގާމެއްގައި ހުންނަވައިގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.
ކޮބާ ކޭބަލް ކާރު؟ ޖާބިރަށް އިތުބާރު ނެެތް ކަމަށް މީހަ ކު ވައްދައިފިއްޔާޔޯ؟