ލޭބާ ޕާޓީއާއި ޑީއާރްޕީ އިލެކްޝަން ކޮމިޝަން (އީސީ) ގެ ދަފްތަރުން އުނިކޮށްފިއެވެ.

އެ ޕާޓީތައް އުވާލާފައި ވަނީ ސިޔާސީ ޕާޓީގެ ގާނޫނު ގެ 12 ވަނަ މާއްދާއިން ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް ގާނޫނު ލާޒިމުކުރާ 3000 މެންބަރުން ހަމަކުރުމަށް އެ ގާނޫނުގެ 28 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން މެންބަރުން ހަމަކުރުމަށް ދެވުނު 3 މަސް ދުވަހުގެ މުއްދަތު ދިނުމަށްފަހުއެވެ.

އީސީއިން ބުނީ އެ ދެ ޕާޓީ އުވާލުމަށް ނިންމާ ޕާޓީގެ ދަރަންޏަށް ޒިންމާވާނެ ފަރާތެއް އެންގުމަށް ދެވުނު މުއްދަތުގައި ދަރަންޏަށް ޒިންމާވާނެ ފަރާތެއް އަންގާފައި ނުވާތީ ދަރަންޏަށް ޒިންމާވާނީ އެ ދަރަންޏެއް އުފެދުނުއިރު ޕާޓީގެ އެންމެ އިސްފަރާތެއްގެ ގޮތުގައި ހުންނެވި ފަރާތްކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.

ޑީއާރްޕީ އަކީ ރާއްޖޭގައި ދެވަނަ އަށް އުފެއްދި ޕާޓީއެވެ. އަދި އެއީ މީގެކުރިން ރާއްޖޭގެ ދެވަނަ އަށް އެންމެ މެންބަރުން ގިނަ ޕާޓީއެވެ.

ޑީއާރުޕީގެ ލީޑަރު ކަމުންނާއި މެންބަރު ކަމުން މިހާރު ކާށިދޫ ދާއިރާގެ ގޮނޑި ފުރުއްވަމުންދާ އަބްދުﷲ ޖާބިރު މިހާރު ވަނީ އިސްތިއުފާ ދެއްވާފައެވެ. އަދި ގްރީން ޕާޓީގެ ނަމުގައި ޖާބިރު ވަނީ ޕާޓީއެއް އުފައްދާފައެވެ.