ޖައްމު އާއި ކަޝްމީރުގެ އިންޑިއާއަށް ވީ ފަޅިއަށް މިނިވަންކަމާ އިސްތިގުލާލު ލިއްބައިދިން މާއްދާ 370 އުވާލިތާ 1 އަހަރު ފުރުމާ ދިމާކޮށް ކަޝްމީރުގައި މުޒާހަރާތަކެއް ކުރިއަށް ގެންގޮސްދާނެ ކަމަށް، އިންޑިއާގެ މައި ސަރުކާރުން ކަޝްމީރުގައި ކާފިއުގެ އަމުރު އިއުލާން ކޮށްފިއެވެ.

އިންޑިއާގެ އޮފިޝަލުން ވިދާޅުވީ ކާފިއު އިއުލާން ކުރަން ޖެހުނީ، "ކަޅު ދުވަހުގެ" ނަމުގައި އޯގަސްޓް 5 ވަނަ ދުވަހު ހަމަނުޖެހުން ހިންގުމަށް ބައެއް ގުރޫޕުތަކުން ރާވަމުންދާތީ އެކަން ކޮންޓްރޯލް ކުރުމުގެ ގޮތުން ކަމަށެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމާއެކު، އާންމުން އެއްވުންތައް ބާއްވާ އުޅުންވެސް ކަޝްމީރުގައި ވަނީ މަނާކޮށްފައެވެ.

ޖައްމުއާއި ކަޝްމީރަށް މިނިވަންކަން ލިއްބައިދިން މާއްދާ، އިންޑިއާގެ ގާނޫނު އަސާސީން އުނިކޮށް، މައި ސަރުކާރުގެ ދަށުން ހިންގާ އިދާރީ ދާއިރާތަކެއްގެ ގޮތުގައި ހަމަޖެއްސީ 2019 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 5 ވަނަ ދުވަހުއެވެ.

މި ނިންމުމަށް 1 އަހަރު ފުރުމާ ދިމާކޮށް މުޒާހަރާތައް ހިންގާ، މަސްރަހު ނުތަނަވަސް ވެދާނެ ކަމަށް ބަލާ، އަސްކަރީ ފައުޖުތައްވެސް ކަޝްމީރުގައި މިހާރު ވަނީ ރުކުރުވާލާފައެވެ.