ރާއްޖޭގެ ތަރައްގީގައި އެންމެ އިތުބާރު ކުރެވޭ ބައިވެރިޔަކީ އިންޑިއާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އިންޑިއާގެ 78 ވަނަ މިނިވަން ދުވަހާ ގުޅުވާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން އިންޑިޔާގެ މިނިވަން ދުވަހުގެ މުނާސަބާގައި އެ ގއުމުގެ ރައީސް ދްރޫޕަދީ މުރުމޫއަށާއި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން އިންޑިޔާގެ އެކުވެރި ރައްޔިތުންނަށް ރައީސް ވަނީ ތަހުނިޔާ ދަންނަވާފައެވެ. އަދި މިނިވަން ދުވަހާއި، އެދުވަހުގެ ހަރަކާތްތަކާއެކު ކާމިޔާބާއި މިނިވަންކަމުގެ ޖޯޝާއި ރޫހު އާލާވެގެން ދިއުމަށް އެދޭކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އިންޑިޔާއަކީ ރާއްޖޭގެ ތަރައްގީގައި އެންމެ އިތުބާރު ކުރެވޭ ބައިވެރިއާ ކަމަށް ރައިސް ވިދާޅުވިއެވެ. އަދި ދެ ގައުމުގެ ރައްޔިތުންނާއި ސަރުކާރާ ދެމެދު އޮތް ވަރުގަދަ ގުޅުން ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ މިނިވަންކަމުގެ 60 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ މުނާސަބަތުގައި މިދިޔަ ޖޫން މަހު ރައީސް މުއިއްޒުގެ ދައުވަތަކަށް އިންޑިއާގެ ބޮޑު ވަޒީރު ވަނީ ރާއްޖެއަށް ވަޑައިގެންފައެވެ. މި ދަތުރު ފުޅުގައި އިންޑިޔާގެ އެހީގެ ދަށުން ހިންގާ މުހިންމު ތަރަރައްގީގެ މަޝްރޫއުތަކެއް އިފްތިތާހުކުރެވުނު އިރު، މުހިއްމު 4 އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފައެވެ.