އިންޑިއާ އާއި ޕާކިސްތާނުގެ ހަމަނުޖެހުމާ ގުޅިގެން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާއި އިގްތިސޯދަށް ކުރާނެ ނޭދެވޭ އަސަރުތަކަށް ތައްޔާރުވެ ތިބެން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، މިދިޔަ ހަފްތާގައި ކަޝްމީރުގައި ދިން ހަމަލާގައި އިންޑިއާގެ 25 ޓޫރިސްޓުންނާއި ނޭޕާލް މީހަކު މަރުވުމާ އެކު އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހަމަލާތައް ބަދަލުކުރަން ފެށުމާ ގުޅިގެންނެވެ.
ނަޝީދު ވިދާޅުވީ، އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ވަރުގަދަ ހަނގުރާމައެއް ފަށާފައިވާ އިރު، އޭގެ ސަބަބުން ދެކުނު އޭޝިއާއަށާއި އިންޑިއާ ކަނޑުގެ އިތުރުން ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތި ވެދާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާއި އިގްތިސޯދަށް ކުރާނެ ނޭދެވޭ އަސަރުތަކަށް ތައްޔާރުވާން އެބަޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ވާދަވެރި ނިއުކްލިއާ ދެ ބާރު ކަމުގައިވާ އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން މި ވަނީ މިއިން ދުވަހަކު ގޯސްނުވާ ވަރަށް ގޯސްވެ ބިރުވެރިކަން ބޮޑުވެފައެވެ. މިކަމާ ގުޅިގެން އދ. އިން ވެސް ވަނީ ދެ ގައުމު ސުލްހަވެ އިތުރަށް ކަންކަން ގޯސްވިޔަ ނުދޭން އިލްތިމާސްކޮށްފައެވެ. އަދި ދެ ގައުމު ސުލްހަ ކުރުމަށް މަސައްކަތް ރަމުން އަންނަ ކަމަށް ސައޫދީ އަރަބިއްޔާ އިން ވެސް ވަނީ ބުނެފައެވެ.
މީގެ އިތުރުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ މައްސަލަ ކޮންމެ ގޮތަކުން ވިޔަސް ހައްލު ކުރަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
ކަޝްމީރުގެ މިނިވަންކަމަށް 1989 ވަނަ އަހަރުން ފެށިގެން ހަނގުރާމަކުރަމުން އަންނައިރު އިންޑިއާ އާއި ޕާކިސްތާނުން އަބަދުވެސް ގެންދަނީ މަސްރަހު ގޯސްކުރަން މަސައްކަތްކުރާ ކަމުގެ ތުހުމަތު އެއް ގައުމުން އަނެއް ގައުމަށް ކުރަމުންނެވެ. އަދި މަސްރަހު ގޯސްވާ ކޮންމެ ފަހަރަކު ހަމަލާ ބަދަލުކޮށް އަލުން ހަނގުރާމައެއް ފެށުމުގެ ބިރު ބޮޑުވާ ހިސާބަށް ކަންތައްދެ އެވެ.