ސްޕޮންޖް ކޭކަކީ ގިނަ ގައުމުތަކުގައި ހަދާ ކޭކަކަށް ވާއިރު މިއީ ދުނިޔޭގައިވެސް މަޝްހޫރު ކޭކަކަށް މި ވަނީ ވެފައެވެ.
އެގޮތުން މިއަދުގެ ރެސިޕީގައި މި ހިމަނާލަނީ ޖަޕާނުގެ ރެސިޕީއަކަށް ތައްޔާރު ކޮށްފައިވާ ކޮޓްން ސްޕޮންޖް ކޭކެވެ.
ބޭނުންވާ ތަކެތި:
- 6 ބިސް
- 1/2 ޖޯޑުގެ ބަޓާ
- 1/2 ޖޯޑުގެ ކިރު
- 1/2 ޖޯޑުގެ ފުށް
- 1/4 ޖޯޑުގެ ޒުވާރި ފުށް (ކޯންފްލާ)
- 1/2 ސައިސަމްސަލުގެ ލޮނު
- 3/4 ޖޯޑުގެ ހަކުރު
ތައްޔާރު ކުރާނެ ގޮތް:
ބޯތައްޓަކަށް ބިހުގެ ހުދު ބަޔާއި ރީންދޫ ބައި (ގޮބޮޅި) ވަކިކޮށްލަށެވެ. ފަސް ބިހުގެ ހުދު ބަޔާއި ރީނދޫބައި ވަކިކޮށްލުމަށް ފަހު ބާކީ އޮތް އެއްބިސް ރީނދޫ ބަޔާއި އެއްކޮށް ލާށެވެ. (އެއްކުރާނީ އަތުން ގިރުމަށް ބޭނުންކުރާ ހޭންޑް މިކްސްޗާ އަކުންނެވެ.) އުނދުން މަށްޗަށް ހޫނުފެން ކައްކަން ތެއްޔެއް އުދާ އޭގެ ތެރެއަށް ބޯތައްޓަކަށް ބަޓަރާއި ކިރު އަޅާ އެއްކޮށް ލާށެވެ. (މިގޮތުގެ ބަދަލުގައި ހޫނުފެން ކެއްކުމަށް ފަހު އޭގެ ތެރެއަށް ބޯތަށިލައިގެންވެސް ހެދިދާނެއެވެ.) ދިޔާވެ ކުޑަކޮށް ބޮކި އަރަންދެން މަޑު ގިނީގައި އުނދުން ބަހައްޓާ އެއްކޮށްލާށެވެ.
ރަނގަޅަށް އެއްވުމުން އުނދުން މަތިން ނަގާ އޭގެ ތެރެއަށް ފުށާއި ކޯންފްލާ އާޅާ އަނެއްކާވެސް ރަނގަޅަށް އެއްކޮށްލާށެވެ. އޭގެ ތެރެއަށް ބިހުގެ ރީނދޫބައި އެތިކޮޅުކޮޅުން އަޅާ އެއްކޮށްލާށެވެ. ބިހާއި ފުށްގަނޑު ރަނގަޅަށް އެއްވަންދެން ގިރާލާށެވެ.
ބިހުގެ ހުދުބައި އެޅި ބޯތަށީގައި ގިރާލާށެވެ. (ހޭންޑް މިކްސްޗާ ނުވަތަ ކަރަންޓް ހޭންޑް މިކްސްޗާވެސް ބޭނުން ކުރެވިދާނެއެވެ.) އޭގެ ތެރެއަށް ލޮނުކޮޅާ އެއްކުރުމަށް ފަހު ހަކުރު އަޅާ އެއްކޮށްލާށެވެ. (ހަކުރު އަޅާނީ ތިން ބުރުން އެޅޭ ވަރަށް ފަހަރަކު އެތިކޮޅެކެވެ.) ހަކުރު އަޅާ ފޯމް ވަންދެން އެއްކޮށްލާށެވެ. (ފޯމް އަށް ވުމުން ހުންނާނީ އެންމެ ގަދަ ހުދު ކުލައިގައެވެ.)
ދެން ކުރިން ތައްޔާރުކުރި ފުށާއި ތައްޔާރު ކުރި ފޯމްގެ 1/3 އެއްކޮށްލާށެވެ. އެއްކުރުމަށް ފަހު ބާކީ ހުރި ފޯމްގެ ތެރެއަށް އަޅާ އަނެއްކާވެސް އެއްކޮށްލާށެވެ. އޭރަށް ކޭކަށް ބޭނުންވާ ފުށްގަނޑު ތައްޔާރުވީއެވެ.
ޓްރޭއެއްގައި ބޭކިން ޕޭޕާ ލުމަށް ފަހު ކޭކް ފުށް އަޅާ ތަށި އެއްވަރު ކޮށްލާށެވެ. އިތުރު ޓްރޭއަކަށް ލާ ފެން އެޅުމަށް ފަހު އަވަނަށްލާށެވެ. މަތި ނުޖަހާ 150 ޑިގްރީ ސެލްޝިއަސްގައި 1 ގަޑިއިރާއި ބައި ވަންދެން ފިހެލާށެވެ. ފިހެވުމުން ޓްރޭއިން ނަގާ ބޭކިން ޕޭޕާ ކޭކްގެ ކައިރި ނަށްޓާލުމަށް ފަހު ހޫނުކަން ކެނޑެންދެން ބާއްވާލާށެވެ. ހޫނުކަން ކެނޑުމުން ވަޅިން ފޮއްޗަށް ކަފާ ކެއުމަށް ބޭނުން ކުރާށެވެ.
ޙިކި ކިރު ތަ. ނޫނީ ދިޔާ ކިރުތަ
ކޮބާ ފޯޑަރ