ގުލާބް ޖާމުން އަކީ އިންޑިއާގެ ޑެޒާޓަކަށް ވީ ނަމަވެސް މިއީ ދިވެހިންނަށްވެސް ވަރަށް ކަމުދާ ފޮނި އެއްޗެކެވެ.

މި ރެސިޕީއަކީ ގޭގައި އަމިއްލައަށްވެސް ތައްޔާރު ކޮށްލެވިދާނެ ރެސިޕީއެކެވެ.

ބޭނުންވާ ތަކެތި:

  • 1 ޖޯޑުގެ ހަކުރު
  • 1، 1/2 ޖޯޑުގެ ފެން
  • 4 ކާފުރުތޮޅި
  • 1/2 ސައިސަމްސަލުގެ ލުނބޯ ހުތް
  • 1/2 ޖޯޑުގެ ކިރު (ހިކި ކިރު)
  • 1 މޭޒުމަތީ ސަމްސަލުގެ ފުށް
  • 1/2 ސައިސަމްސަލުގެ ބޭކިން ސޯޑާ
  • 1 މޭޒުމަތީ ސަމްސަލުގެ ގީ
  • 3 މޭޒުަމަތީ ސަމްސަލުގެ ކިރު ( ފުލް ކްރީމް)
  • ތެޔޮ

ތައްޔާރު ކުރާނެ ގޮތް:

ތެއްޔަކަށް ހަކުރާއި ފެނާއި ކާފޫރުތޮޅި އަޅާ އެއްކޮށްލާށެވެ. އަދި އޭގެ ތެރެއަށް ލުނބޯހުތް އަޅާށެވެ.

ބޯތައްޓަކަށް ކިރާއި (ހިކި ކިރު) ފުށާއި ބޭކިންގް ސޯޑާ އާއި ގީ އާއި ކިރު (ފުލް ކްރީމް) އަޅާ އެއްކޮށްލުމަށް ފަހު ފުށްގަނޑު ދިޔާ ނުވާ ވަރަށް މޮޑެލާށެވެ.

ރަނގަޅަށް ފުށްގަނޑު މޮޑެވުމުން ވަށްކޮށް ކުދި ގުޅަ ހަދާށެވެ. އެއަށް ފަހު މަޑު ގިނީގައި މުށިކުލަ އަރަންދެން ތެލުލާލާށެވެ.

ތެލުލުމަށް ފަހު ގުލާބް ޖާމުން ކުރިން ތައްޔާރު ކުރި ހަކުރު ފެނުގެ ތެރެއަަށް ލާ 30 މިނެޓް ވަންދެން ބަހައްޓާލާށެވެ.

ހޫނުކަން ކެނޑުމުން ފްރިޖަށް ލާ ފިނިކޮށްގެން ކާށެވެ.