ވެލްވެޓް ކޭކަކީ ތަފާތު ފްލޭވާތަށް އެކުލެވޭ ކޭކެކެވެ. އޭގެ ތެރޭގައި ގްރީން ވެލްވެޓާއި ބްލެކް، ޕިންކްގެ އިތުރުން ރެޑް ވެންވެޓާއި ވައިޓް ވެލެވެޓް ހިމެނެއެވެ.
މިއަދުގެ ރެސިޕީގައި މި ހިމަނާލަނީ ވައިޓް ވެލްވެޓް ބަޓާމިލްކް ކޭކް ތައްޔާރުކުރާނެ ގޮތެވެ.
ކޭކަށް ބޭނުންވާަ ތަކެތި:
- 1، 2/3 ޖޯޑު ކޭކް ފުށް
- 1 ޖޯޑު ހަކުރު
- 1/2 ސައިސަމްސަލުގެ ލޮނު
- 1 މޭޒުމަތީ ސަމްސަލުގެ ބޭކިން ޕައުޑާ
- 1/2 ސައިސަމްސަލުގެ ބޭކިން ސޯޑާ
- 10 މޭޒުމަތީ ސަމްސަލުގެ ބިސް (ހުދުބައި)
- 1/2 ޖޯޑުގެ ތެޔޮ
- 1، 1/8 ޖޯޑުގެ ބަޓާ މިލްކް (ކުޑަކޮށް ހޫނުކޮށް)
- 3/4 ޖޯޑުގެ އަންސޯލްޓެޑް ބަޓާ (ދިޔާކޮށްފަ)
- 2 ސައިސަމްސަލުގެ ވެނީލާ އެސެންސް
ފްރޯސްޓިން އަށް ބޭނުންވާ ތަކެތި:
- 1، 2/3 ޖޯޑު އައިސިން ޝުގާ
- 2/3 ޖޯޑުގެ ފުށް
- 2 ޖޯޑު ކިރު (ފުލް ކްރީމް)
- 2 ޖޯޑު އަންސޯލްޓެޑް ބަޓާ
- 2 ސައިސަމްސަލުގެ ވެނީލާ އެސެންސް
- 1/4 ސައިސަމްސަލުގެ ލޮނު
ކޭކް ތައްޔާރު ކުރާނެ ގޮތް:
1. ބޯތަށްޓަކަށް ކޭކް ފުށާއި ހަކުރާއި ބޭކިން ޕައުޑާ އާއި ބޭކިން ސޯޑާ އާއި ލޮނުކޮޅު އަޅާ އެއްކޮށްލާށެވެ. 10 ވަރަކަށް މިނެޓް އެއްކޮށްލާށެވެ.
2. އިތުރު ބޯތަށްޓަކަށް ބަޓާ އާއި 1/2 ޖޯޑުގެ ކިރާއި ތެޔޮ އަޅާ ކުޑަކޮށް ގިރާލާށެވެ.
3. ވަކި ބޯތަށްޓެއްގައި ބާކީހުރި 1 ޖޯޑާއި 1/2 ޖޯޑުގެ ކިރާއި ބިހާއި (ބިހުގެ ހުދު ބައި) ވަނީލާ އެސެންސް އަޅާ އެއްކޮށްލާށެވެ.
4. ފުރަތަމަ (1) ގައި ތައްޔާރުކުރި ބޯތަށީގެ ތެރެއަށް ބަޓާ އަޅާ 30 ސިކުންތު ވަންދެން އެއްކޮށްލާށެވެ. ރަނގަޅަށް އެއްވުމުން (2) ގައި އެއްކުރި ބޯތަށި އެއްކޮށްލާށެވެ. އެއްކުރާނީ މޮއިސްޗާ ވަންދެންނެވެ. 2 މިނެޓް ވަންދެން ރަނގަޅަށް ހުރިހާ ތަކެތި އެއްވަންދެން ގިރާލާށެވެ. (މި ބައިގައި ރަނގަޅަށް ނުގިރިއްޖެ ނަމަ ކޭކް ފިހެވޭއިރު އޮންނާނީ ރޫޅިފައެވެ.)
5. (4) ވަނަ ބައި ރަނގަޅަށް އެއްވުމުން އޭގެ ތެރެއަށް (3) ގައި އެއްކުރި ބޯތަށި އެއްކުރާށެވެ. (މިބައިވެސް އެއްކުރާނީ 3 ބުރުންނެވެ.) އެއްކޮށް (3) އަޅާ އެއްވުމުން 15 މިނެޓް ވަންދެން އެއްކޮށްލާށެވެ. އޭރަށް ކޭކަށް ބޭނުންވާ ފުއްގަނޑު ތައްޔާރުކުރެވުނީއެވެ.
6. ފުށްގަނޑު ތައްޔާރުވުމު ޓްރޭއެއްގައި ބަޓާ ކޮޅެއް ނުވަތަ ތެޔޮކޮޅެއްލާ ބޭކިން ޕޭޕާ އަޅާށެވެ. 350 ޑިގްރީސެލްޝިއަސްގައި (35-40) މިނެޓް ވަންދެން ފިހެލާށެވެ.
ފްރޯސްޓިން ތައްޔާރުކުރާނެ ގޮތް:
ފުށާއި އައިސިން ޝުގާ އަޅާ އެއްކޮށްލުމަށް ފަހު މަޑުގިނީގައި 2 މިނެޓް ވަންދެން ހާކާލާށެވެ. އޭގެ ތެރެއަށް މަޑުމަޑުން ކިރު އަޅާ މެދު މިނެއްގައި ގިނި ބަހައްޓައިގެން ހާކާލާށެވެ. އޮލަވަންދެން އުނދުން މަތީ ބަހައްޓައިގެން ހޭކުމަށް ފަހު އުނދުން މަތިން ނަގާ މަތި ޖަހާފައި ބޯތައްޓެއްގައި ބަހައްޓާށެވެ. ހޫނުކަން ކެނޑި ކުޑަކޮން ފިނިވަންދެން މަތިޖަހާ ބަހައްޓާށެވެ.
އިތުރު ބޯތަށްޓެއްގައި ބަޓާ އެއްކުރާށެވެ. ވިޕް ވަންދެން (ފްލަފީ ވަންދެން) އެއްކޮށްލާށެވެ. ބަޓާ ރަނގަޅަށް ވިޕް ވުމުން އޭގެ ތެރެއަށް މަޑުމަޑުން ފުއް އަޅާ އެއްކުރަމުންދާށެވެ. (ފުށް އަޅާނީ އާންމުކޮށް ބޭނުންކުރާ ސަމްސަލުގެ ފަހަރަކު ސަމްސަލެކެވެ.) ރަނގަޅަށް ބަޓާއާއި ފުއް އެއްވުމުން އޭގެ ތެރެއަށް ވެނީލާ އެސެންސާއި ލޮނުކޮޅު އަޅާ އެއްކޮށްލާށެވެ.
އެއަށްފަހު ކުރިން ތައްޔާރުކޮށް ހޫނުކަން ކެނޑެންދެން ބެހެއްޓި ކިރުކޮޅާއި ފަހުން ތައްޔާރުކުރި ތަށި އެއްކޮށްލާށެވެ. ހޭންޑް މިކްސްޗާ އަކުން ދެބައި ރަނގަޅަށް އެއްވަންދެން އެއްކޮށްލާށެވެ. ވިޕްވެ އޮމާންވަންދެންނެވެ.
ވައިޓް ވެލްވެޓް ބަޓާމިލްކް ކޭކް ތައްޔާރުކުރާނެ ގޮތް:
ކޭކް ފިހެވި ހިހޫ ވުމުން ހުރަހަށް 3 ފޮއްޗަށް ކަފާލާށެވެ. އެންމެ ފުރަތަމަ ފޮތީގެ މަތީގައި ތައްޔާރުކުރި ފްރޯސްޓިންގެ ލޭޔާއެއް ވާނެހެން އެއްކޮށް ފަތުރާލާށެވެ. ފްރޯސްޓިން ލޭޔާ ފަތުރާނީ 1 އިންޗި ހުންނަ ވަރަށެވެ. އެއަށްފަހު 2 ވަނަ ކޭކް ފޮތި ބާއްވާ އޭގެ މަތީގައިވެސް 1 އިންޗި ވާ ވަރަށް ފްރޯސްޓިން ފަތުރާލާ އޭގެ މަތީގައި ތިންވަނަ ކޭކްފޮތި ބާއްވާލާށެވެ. އޭފެ މަތީގައިވެސް 1 އިންޗި ފްރޯސްޓިން އަޅާ އެއްވަރު ކޮށްލާށެވެ. ބޭނުން ނަމަ އެ ލޭޔާގެ މަތި ޑެކަރޭޓް ކޮށްލާށެވެ. ކެއުމަށް ނެގުމުގެ ކުރިން ފްރިޖަށްލާ ފިނިކޮށްލާށެވެ.