ބްލެކް މެޖިކް ޗޮކްލެޓް ކޭކް އަކީ ގޭގައި އަމިއްލައަށް ތައްޔާރުކޮށްލުމަށް މީރު ޑެޒާޓް އަކަށް ވާނެއެވެ.
ބުނެވޭ ގޮތުގައި މިއީ ޗޮކްލެޓް ކޭކްގެ ތެރެއިން އެންމެ ގިނަ ބަޔަކު ގޭގައި ހެދުމަށް ތައްޔާރުކޮށްފައިވާ އެއް ކޭކެވެ.
ބްލެކް މެޖިކް ކޭކްއަށް ބޭނުންވާ ތަކެތި:
- 1، 3/4 ކޯޑުގެ ފުއް
- 2 ޖޯޑު ހަކުރު
- 3/4 ޖޯޑުގެ ކޮކޯ ޕައުޑާ
- 2 މޭޒުމަތީ ސަމްސަލުގެ ބޭކިން ސޯޑާ
- 1 މޭޒުމަތީ ސަމްސަލުގެ ބޭކިން ޕައުޑާ
- 1 މޭޒުމަތީ ސަމްސަލުގެ ލޮނު
- 2 ބިސް
- 1 ޖޯޑުގެ ކަޅު ކޮފީ (ފިނޮކޮށް)
- 1 ޖޯޑުގެ ބަޓާ މިލްކް
- 1/2 ޖޯޑުގެ ތެޔޮ (ކުކިން އޮއިލް)
- 1 މޭޒުމަތީ ސަމްސަލުގެ ވެނީލާ އެސެންސް
- ބްލެކް މެޖިކް ކޭކްގެ ޗޮކްލެޓް ފްރޯސްޓިން އަށް ބޭނުންވާ ތަކެތި:
- 1/2 ޖޯޑުގެ މައިޖިރިން (މެލްޓް ކޮށްފަ)
- 2 އައުންސް ގެ ކުކިން ޗޮކްލެޓް (ފޮނިރަހަ ނުލާ، މެލްޓް ކުރުމަށްފަހު ކުޑަކޮށް ފިނިކޮށް)
- 2 ޖޯޑުގެ އައިސިން ޝުގާ
- 3 މޭޒުމަތީ ސަމްސަލުގެ ކިރު
- 2 މޭޒުމަތީ ސަމްސަލުގެ ވެނީލާ އެސެންސް
ތައްޔާރުކުރާނެ ގޮތް:
ބޯތަށްޓަކަށް ފުށާއި ހަކުރާއި ކޮކޯ ޕައުޑާ އާއި ބޭކިންސޯޑާ އާއި ބޭކިން ޕައުޑާގެ އިތުރުން ލޮނު އެޅުމަށްފަހު ރަނގަޅަށް ކަރަންޓަ އަތު މިކްސްޗަރެއް ނުވަތަ އަތު މިކްސްޗާއަކުން އެއްކޮށްލާށެވެ.
ރަނގަޅަށް އެއްވުމުން އޭގެ ތެރެއަށް ބިހާއި ކޮފީ އާއި ބަޓާ މިލްކާއި ތެލާއި އެސެނެސް އަޅާ މީޑިއަމް ސްޕީޑުގައި ކަރަންޓަ އަތު މިކްސްޗަރުން 2 މިނެޓް ވަންދެން އެއްކޮށްލާށެވެ.
ޓްރޭއެއްގައި ބަޓާ ހާކާ ބޭކިން ޕޭޕާ ޓްރޭގައި ލެއްވުމަށްފަހު 9 އިންޗި ހުންނަ ވަރަށް ޓްރޭއަށް ގިރި ފުއްގަނޑު އަޅާށެވެ. އެއަށްފަހު 350 ޑިގްރީގައި 35-40 މިނެޓަށް އަވަނަށްލާ ފިހެލާށެވެ.
ބްލެކް މެޖިކް ކޭކްގެ ޗޮކްލެޓް ފްރޯސްޓިން ތައްޔާރު ކުރުމަށް މެލްޓް ކޮށްފައިހުރި މައިޖިރިން ކޮޅާއި ކުކިން ޗޮކްލެޓާއި އައިސިން ޝުގާ އާއި ކިރާއި އެސެންސް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ.
ކޭކް ފިހެވުމުން އޭގެ މަތީގައި ތައްޔާރުކުރި ފްރޯސްޓިން ލޭޔާ އަކަށް ވާނެހެން އަޅާށެވެ. ކެއުމަށް ނެގުމުގެ ކުރިން ފްރިޖަށްލާ ފިނިކޮށްލާށެވެ.