ބޭނުންވާ ތަކެތި:
- 6 ބަނަސް
- ބަޓާ (މެލްޓް ކޮށްފަ)
- ޗިލީ ސޯސް
- ކުކުޅު މަސް (ހަނާކޮށްފަ)
- މޮޒަރެއްލާ ޗީޒް
ކުކުޅު މަސްގަނޑު ތައްޔާރުކުރުމަށް ބޭނުންވާނެ ތަކެތި:
200 ގްރާމް ކުކުޅު (ކައްކާފަ، 1/2 މޭޒުމަތީ ސަމަސަލުގެ ޗިލީ ޕައުޑާ، 1/4 މޭޒުމަތީ ސަމްސަލުގެ ރީނދޫގެ އިތުރުން ރަހަލާވަރަށް ލޮނުކޮޅެއްލާ ރަނގަޅަށް އެއްކޮށްލާށެވެ.)
- 2 ފިޔާ (ކޮށާފަ)
- 1 މިރުސް (ކޮށާފަ)
- 3 ލޮނުމެދު (ގާނާފަ)
- އިނގުރު (ރަހަ ލާވަރުގެ އިނގުރުކޮޅެއް ގާނާފަ)
- 1/4 މޭޒުމަތީ ސަމްސަލުގެ ރީންދޫ
- 1/2 މޭޒުމަތީ ސަމްސަލުގެ ދިރި އަދި އަސޭމިރުސް (މުގުރާފަ)
- 1/4 މޭޒުމަތީ ސަމްސަލުގެ ހަވާދު (ކުކުޅު ހަވާދު)
- 1 މޭޒުމަތީ ސަމްސަލުގެ މުގުރި މިރުސް (ޗިލީ ޕައުޑާ)
- 3 މޭޒުމަތީ ސަމްސަލުގެ ޓޮމާޓޯ ޕޭސްޓް
- 2 މޭޒުމަތީ ސަމްސަލުގެ ޓޮމާޓޯ ސޯސް
- 1/4 ޖޯޑުގެ ފެން
- 2 މޭޒުަމތީ ސަމްސަލުގެ ތެޔޮ
- ރަހަލާ ވަރަށް ލޮނު
- ހިކަނދިފަތް
ކުކުޅު މަސްގަނޑު ތައްޔާރުކުރާނެ ގޮތް:
ޕޭން އަކަށް ތެލާއި ފިޔާ، އިނގުރު، ހިކަނދިފަތް، ލޮނުމެދާއި މިރުސްކޮޅު އަޅާ 2 މިނެޓް ވަންދެން ހަނާކޮށްލާށެވެ. އޭގެ ތެރެއަށް އަސޭމިރުހާއި ދިރިއާއި ރީނދޫ އާއި ހަވާދު އަޅާ އެއްކޮލާށެވެ. ރަނގަޅަށް އެއްވުމުން އޭގެ ތެރެއަށް ޓޮމާޓޯ ޕޭސްޓާއި ޓޮމާޓޯ ސޯސް ކޮޅު އަޅާ އެއްކޮލާށެވެ. ލޮނު ރަހަ ބަލާ ފެން އަޅަން ވާނެއެވެ. ފެންފޮދު ހިކެންދެން ހާކާލާށެވެ. އެއަށްފަހު ކޮށާފައިވާ ކުކުޅުކޮޅު އަޅާ އެއްކޮށްލުމަށް ފަހު މަޑުވަންދެން މަތިޖަހާ ބަހައްޓާލާށެވެ. ކުކުޅުތައް މަޑުވުމުން ހިހޫކޮށްލާ ހެފޭވަރަށް މިކްސްޗަރުން މުގުރާލާށެވެ.
ޗީޒީ ޗިކަން ސްލައިޑާސް ތައްޔާރުކުރާނެ ގޮތް:
ބަނަސް ފަޅާލުމަށް ފަހު ޓްރޭއެއްގައި، ބަނަހުގެ ދަށަަށް ވާ ފަޅި އަތުރާލާށެވެ. އެތުރި ބަނަހުގެ މަތީގައި ބަޓަރު ހާކާލާށެވެ. އޭގެ މައްޗަށް ތައްޔާރުކުރި ކުކުޅު މަސްގަނޑު އަޅާލާށެވެ. މަސްގަނޑުގެ މަތީގައި ޗީޒް އަތުރާ ބަނަހުގެ މަތީފަޅީގައި ބަޓަރު ހޭކުމަށް ފަހު ބާއްވާލާށެވެ. އެއަށްފަހު 10-15 މިނެޓަށް އަވަނުގައި ފިހެލާށެވެ.