އޯރިއޯ އަދި ޗީޒް ކޭކަކީ ގިނަ ބަޔަކަށް ވަރަށް މީރު އެއްޗެކެވެ. މި ރޯދަމަހު ގޭގައި ތިބެގެން މި ރެސިޕީ ރޯދަ ކުރުކުރުމުގެ ގޮތުން ތައްޔާރު ކޮށްލުމަށް ވެސް ރަނގަޅު ވާނެއެވެ.

ބޭނުންވާ ތަކެތި:

  • 2 ބޮނޑި އޯރިއޯ (24 އޯރިއޯ)
  • 4 މޭޒުމަތީ ސަމްސަލުގެ ބަޓާ (މެލްޓް ކޮށްފަ)
  • 455 ގުރާމްގެ ކްރީމް ޗީޒް
  • 1 ޖޯޑު އައިސިން ޝުގާ (120 ގްރާމް)
  • 1 ސައިސަމްސަލުގެ ވެނީލާ އެސެންސް
  • 2 ޖޯޑު ވިޕިން ކްރީމް
  • 15 އޯރިއޯ ބިސްކޯދު (1/4 އަށް ކޮށާފަ)
  • 6 އޯރިއޯ (ނުކޮށާ)

ތައްޔާރު ކުރާނެ ގޮތް:

1. 2 ބޮނޑި އޯރިއޯ ބިސްކޯދު މިކްސްޗަރަށް ލާ މުގުރާލާށެވެ. އޭގެ ތެރެއަށް ބަޓަރު އަޅާ 10 މިނެޓް ވަންދެން ރަނގަޅަށް އެއްކޮށްލާށެވެ. އެއަށް ފަހު ތައްޓަކަށް ނުވަތަ ޓްރޭއަކަށް 9 އިންޗިއުސްމިނަށް އެޅުމަށް ފަހު ފްރިޖަށްލާ ފިނިކޮށްލާށެވެ.

2. ތައްޓަކަށް ކްރީމް ޗީޒް އާއި ބަޓަރުގެ އިތުރުން އައިސިން ޝުގާ އާއި ވެނީލާ އެސެންސް އެޅުމަ ށްފަހު ހޭންޑް މިކްސާ އަކުން ކްރީމް ޗީޒް އާއި ބަޓަރު ކޮޅު އެއްކޮށް މިކްސް ވަންދެން ގިރާލާށެވެ. ވަކި ބޯތަށްޓަކަށް ވިޕިން ކްރީމް އެޅުމަށް ފަހު ހޭންޑް މިކްސާއިން ވިޕް ވަންދެން ވިޕްކުރާށެވެ. ވިޕިން ކްރީމް ރަނގަޅަށް ވިޕްވުމުން ކުރިން މިކްސްކުރި ކްރީމް ޗީޒް ގަނޑު ތެރެއަށް ވިޕް ކުރި ކްރީމާއި ކޮށި އޯރިއޯ ކޮޅު އެޅުމަށް ފަހު ސަމުސަލަކުން އެއްކޮށްލާށެވެ.

3. ފްރިޖަށް ލީ ކްރަސްޓް ނެގުމަށް ފަހު، ތައްޔާރުކުރި ކްރީމް ޗީޒް އޭގެ މަތީގައި ރީތިކޮށް ފަތުރާލާށެވެ. އެއަށް ފަހު މައްޗަށް އިތުރު ލޭޔާއެއް ގޮތަށް (10 ސެންޓި މީޓަރަށް) އަޅާލާށެވެ. އޭގެ މަތީގައި ޑެކަރޭޓް ކުރުމުގެ ގޮތުން ވަކިން ބޭއްވި އޯރިއޯ ކުކީޒް ޖަހާށެވެ. ދެން ޗީޒް ކޭކް 4 ނުވަތަ 5 ގަޑި އިރަށް ނުވަތަ ރޭ ގަނޑު ހެދުމަށް ފަހު ކެއުމަށް ބޭނުން ވަންދެން ފްރިޖަށް ލާ ފިނިކޮށްލާށެވެ.