ޗީޒް ޕޮޓޭޓޯ ޕޭންކޭކްސް އަކީ މަދު އެއްޗެހި ބޭނުންކޮށްގެން ހަދާލަން ފަސޭހަ އަދި އެހާމެ މީރު އެއްޗެކެވެ. މިއީ ޗީޒް މީރު ފަރާތްތަކަށާއި އަލުވީގެ ހެދިކާ މީރު ފަރާތްތަކަށް ރަނގަޅު އެއްޗަކަށް ވާނެއެވެ.

ބޭނުންވާ ތަކެތި:

  • 2 ޖޯޑު (900 ގްރާމް)ގެ އަލުވި (ތޮށި މަށާ ގޭނުމަށްފަހު ދިޔަ ނަގާފަ)
  • 1/2 ޖޯޑު (50 ގްރާމް)ގެ މޮޒަރެއްލާ ޗީޒް (ގާނާފަ)
  • 1/2 ޖޯޑުގެ (50 ގްރާމް)ގެ ނޯމަލް ޗީޒް
  • 3 ފިޔާ (ގްރީން އޮނިޔަން ކޮށާފަ)
  • 1/2 މޭޒުމަތީ ސަމްސާ ލޮނުމެދު (ގާނާފަ)
  • 1/4 ޖޯޑުގެ (30 ގްރާމް) ފުއް
  • 2 ބިސް
  • 1 ސައިސަމްސަލުގެ ލޮނު
  • 1 ސައިސަމްސަލުގެ އަސޭމިރުސް
  • ތެޔޮ (ތެއްލުމަށް)
  • 1/2 ޖޯޑުގެ ސޯ ކްރީމް
  • 1 މޭޒުމަތީ ސަމްސަލުގެ ސޯސް (ޗިލީ އެންޑް ގާލިކް)
  • ފާރޮށި (މުގުރާފަ)

ތައްޔާރުކުރާނެ ގޮތް:

1. ތައްޓަކަށް ކޮށާފައިވާ އަލުވި އާއި ދެ ވައްތަރުގެ ޗީޒާއި ލޮނާއި ލޮނުމެދު ކޮޅާއި އަސޭމިރުސް، ފުއް، އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. ޕޭން އަކަށް ތެޔޮ އެޅުމަށްފަހު މޭޒުމަތީ ސަމުސަލެއް ފުއްގަނޑުން ނެގުމަށްފަހު އަތުން ފަތި ގުޅައަކަށް ވާގޮށް އެތެރެއަށް ޗީޒްކޮޅެއްލާ ފޮރުވާލުމަށްފަހު ފިއްތާލާށެވެ. އަދި ފާރޮށި ކުނޑީގެ ތެރެއަށް ލުމަށްފަހު، ތެޔޮގަނޑަށްލާ ސަމްސަލުން އެއްވަރުކޮށްލާށެވެ. އެއަށްފަހު ދެފުށުގައި ރަނގަޅަށް ތެޔޮކޮޅުގައި 4 މިނެޓް ވަންދެން ފިހެލާށެވެ.

2. ބޯތައްޓަކަށް ސޯކްރީމާއި ސޯސް ކޮޅާއި އަޅާ ރަނގަޅަށް އެއްކޮށްލާށެވެ.

އެއަށްފަހު ކެއުމަށް ނަގައިރު، ފިހުނު ޕޭން ކޭކް ތަކާއި ޖަހައިގެން ކެއުމަށް ސޯސްކޮޅު ނަގާށެވެ.