ޗިލީ ޗީޒް ޓޯސްޓަކީ ޗީޒް މީރު ފަރާތްތަކަށް ހަދާލަން ފަސޭހަ އަދި މީރު ހެދިކާ އަކަށް ވާނެއެވެ.

ބޭނުންވާ ތަކެތި:

  • 1 މިރުސް (ފެހި މިރުސް)
  • 1/2 ޖޯޑުގެ ބެލް ޕެޕާ (ފެހި، ރަތް، ރީންދޫ)
  • 1/3 ޖޯޑުގެ ކޯން
  • 1 ލޮނުމެދު
  • 1 މޭޒުމަތީ ސަމަސަލުގެ ފިޔާ
  • 1 ސައިސަމްސަލުގެ އޮރިގާނޯ (މިންޓް ލީފް)
  • 1 ޑްރައިޑް ޕާސްލީ (މުގުރާފަ)
  • ޕައުޑާ މިރުސް (މިގުރި ހިކިމިރުސް، ރަހަލާވަރަށް)
  • ލޮނު (ރަހަލާވަރަށް)
  • އަސޭމިރުސް (ރަހަލާވަރަށް)
  • 3 ފޮތި ޕާން
  • 1 ޖޯޑުގެ ޗީޒް
  • 1 ސަމްސަލުގެ ބަޓާ

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ފިޔައާއި ލޮނުމެދު ކުޑަ ލޮނުކޮޅެއްގެ ތެރޭގައި މޮޑެލާށެވެ. ރަނގަޅަށް މެޑެވުމުން މިރުސް ލާށެވެ.

އެއަށް ފަހު ބެލް ޕެޕާ ކޮޅާއި ޕާސްލީ އާއި އޮރިގާނޯ އާއި ކޯން އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. އަދި ލޮނު ރަހަ ހެޔޮވަރު ކޮށްލާށެވެ. އޭރުން މަސްގަނޑު ތައްޔާރުވީއެވެ.

ޕާން ފޮތި ތިނެސް ކަނަށް ވާނެހެން ކަފާލާށެވެ. އެއަށް ފަހު ޕާން ފޮތީގައި ބަޓަރު ހާކާލާށެވެ. އަދި އޭގެ މައްޗަށް ކުރިން ތައްޔާރުކި މަސްގަނޑުން ރަނގަޅަށް ޕާންފޮތީގެ މަތި ފޮރުވޭނެހެން ފަތުރާލާށެވެ. އޭގެ މައްޗަށް ޗީޒް އަޅާ މަސްގަނޑުގެ މަތި ފޮރުވާލުމަށް ފަހު އަވަނަށް ލާ 10 މިނެޓަށް ފިހެލާށެވެ.