ކޮކޮނަޓް ބޯލްސްއަކީ ހުނިން ތައްޔާރުކުރާ ބާވަތްތަކުގެ ފޮނި ހެދިކާ މީރު މީހުންނަށް އަނގަމީރު ކޮށްލުމަށް ރަނގަޅު އެއްޗަކަށް ވާނެއެވެ.

ބޭނުންވާ ތަކެތި:

  • 2 ބިސް
  • 100/120 ގުރާމްގެ ހުނި (ގާނަފަ ނުވަތި މުގުރާފަ)
  • 75 ގުރާމްގެ އައިސިން ޝުގާ
  • 1 ސައިސަމްސަލުގެ ވެނީލާ އެސެންސް

ތައްޔާރު ކުރާނެ ގޮތް:

ބިހުގެ ހުދުބައި ނެގުމަށް ފަހު ވެނީލާ އެސެންސް ކޮޅާ އެއްކޮށްލައި ރަނގަޅަަށް ގިރާލާށެވެ. ދެން އައިސިން ޝުގާ އެއްކުރުމަށް ފަހު ގޭނި ހުނިކޮޅު އެއްކޮށްލާށެވެ. ހުރިހާ އެއްޗެއް ރަނގަޅަށް އެއްކުރަން ވާނެއެވެ.

ކޮކޮނަޓް ބޯލްސް ގެ ފުއްގަނޑު ތައްޔާރު ކުރާނެ ގޮތް

އެއަށްފަހު ވައްކޮށް ގުޅައަކަށް ހެދުމަށް ފަހު ޓްރޭއެއްގައި އަތުރާ 180 ޑިގްރީ ސެލްޝިއަސްގައި 15 މިނެޓް ވަންދެން އަވަނުގައި ފިހެލާށެވެ. ފިހެ ނިމުމުން ހިމުން ކޮށް މުގުރާފައިވާ ކާށިހުނި ބޭރުގައި ރަނގަޅަށް ހަރުލާނެހެން އުނގުޅާލާށެވެ.

ކޮކޮނަޓް ބޯލްސް ގެ ފުއްގަނޑު ތައްޔާރު ކުރުމަށް ފަހު ހަދާނެގޮތް

އޭރުން ކޮކޮނަޓް ބޯލްސް ހުންނާނީ ތައްޔަރު ވެފައެވެ. ރޯދަ ވީއްލާ އިރު ސުފުރާ މައްޗަށާއި، ތަރާވީހު ދަމުގައި ކާލަން ހަމަ "މަރެއް ފަދަ" މީރު އެއްޗެކެވެ. އަޖުމަ ބަލާލާށެވެ.