ފިތުރު ޒަކާތް ދޫކުރުން މާދަމާ އޮންނާނެ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރު ފިތުރު ޒަކާތް ދޫކުރަން ނިންމާފައިވަނީ ފަގީރުންގެ ދަފްތަރުގައިވާ ފަރާތްތަކަށް ކަމަށެވެ. އެގޮތުން، ޒަކާތް ދޫކުރެވޭނީ ފަގީރުންގެ ދަފްތަރުގައިވާ ފަރާތުގެ އައިޑީ ކާޑު، ޕާސްޕޯޓު ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓްގެ އަސްލު ގެންދިއުމުން ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ، ފިތުރު ޒަކާތް ދޫކުރުމަށް ހަމަޖެހިފައިވަނީ، މާދަމާ ހެނދުނު 9:30 އިން ފެށިގެން މެނދުރު 12:00 އާ ހަމައަށެވެ. އަދި މެންދުރު 12:45 އިން ފެށިގެން ހަވީރު 15:30 އަށާއި، ރޭގަނޑު 21:00 އިން ފެށިގެން 23:00 އަށެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ފައިސާ ދޫކުރުމަށް އިސްލާމީ މަރުކަޒު ހޯލުގައި ހަމަޖެހިފައި ވާއިރު، ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދޫކުރުމަށް ހަމަޖެހިފައި ވަނީ އަރަބިއްޔާ ސްކޫލުގެ ހޯލުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ފިތުރު ޒަކާތް މާދަމާ ދޫކުރުމަށް ހަމަޖެހިފައިވާއިރު، ޒަކާތް ބަލައިގަތުމުގެ އެންމެ ފަހު ވަގުތު ކަމުގައި އެ މިނިސްޓްރީން ކަނޑައަޅާފައި ވަނީ އިއްޔެ ހަވީރު 6:00 އެވެ.