ކ ކާށިދޫ ހުޅަނގު ފަރާތު ނެރު މައްޗަށް ފަރަށް އެރި އެސްޓީއޯގެ ތެޔޮ ބާޖު ފުންކޮށްފި ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އެންއެންޑީއެފުން ބުނީ، "މާތޮޅި" ނަމަކަށް ކިޔާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ 100 ފޫޓު ހުންނަ މި ތެޔޮ ބާޖު ފުން ކުރީ މިއަދު ހެނދުނު ކަމަަށެވެ. މި ބާޖު ފަރަށް އެރުމާއި އެކު، އެ ބާޖުގައި ހުރި 2700 ލީޓަރުގެ ޕެޓްރޯލާއި 180،000 ލީޓަރުގެ ޑީސަލްގެ އެމްޕީއެލްގެ ޓެގައްގެ ބޭނުންކޮށްގެން، ނަގާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެމްޑީއެފުން މައުލޫމާތުދޭ ގޮތުގައި، އެމްޕީއެލްގެ ޓަގެއްގެ އެހީގައި ބާޖު ފުން ކުރުމުގެ މަސައްކަތް ފެށުނީ، މިދިޔަ ބްރާސްފަތި ދުވަހު ހެނދުނު 8:00 ހާއިރުން ފެށިގެން ކަމަށެވެ. އަދި މި ތެޔޮ ބާޖު ފުން ކުރި އިރު، ބާޖަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި، ތެޔޮ ލީކް ވުމުގެ އެއްވެސް ނިޝާނެއް ވެސް ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ފިއުލް ސަޕްލައި މޯލްޑިވްސްގެ ތެޔޮ ބާޖު ކާށިދޫ ފަރަށް އަރާފައި / ފޮޓޯ: އެމްއެންޑީއެފް

ކާށިދޫ ފަރަށް އެސްޓީއޯގެ ތެޔޮބޯޓެއް އަރައިގެން އެމްއެންޑީއެފް އޭރިއާ ކޯސްޓްގާޑް މެރިޓައިމް ކޯޑިނޭޝަން ސެންޓާ އަށް ލިބުނީ މިދިޔަ ބުދަ ދުވަހުގެ ރޭ އިރާކޮޅު 6:44 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.