މިއަދު ހެނދުނު ހއ. ހޯރަފުށީގައި ފުލުހުން ދުއްވާ ވެހިކަލެއް މަގުމަތީގައި ހުރި ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓުވި މައްސަލައެއް ފުލުހުން ތަހުގީކުރަމުން ދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގަން މެދުވެރިވީ މަގުމަތީގައި އޮތް ވަޅުގަނޑަކުން ނެއްޓެން މަސަތްކަތް ކުރަމުން ދަނިކޮށް ކޮންޓްރޯލް ނުވެގެން ގޮސް ހޮޅި ދަނޑީގައި ޖެހިގެން ކަމަށެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގާފައި ވަނީ މިއަދު ހެނދު 10:46 ހާއިރު ކަމަށާ މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވާކަމަށެވެ. ނަމަވެސް ފުލުހުންގެ ވެހިކަލުގެ ލައިޓާއި ބާފަރުން ބައެއް ހަލާކުވެފައި ވާކަމަށް ފުލުހުން ބުނެއެވެ.