ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށް ދިޔަ އަންހެނަކު ގެއްލިގެން ހޯދަމުން ދަނިކޮށް ދެ ދުވަސް ފަހުން އޭނާ ފެނިއްޖެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.
ޞަފާ އާއި މަރުވާއާ ދޭތެރޭ ހިނގަނިކޮށް ހޮނިހިރު ދުވަހު ގެއްލުނު މި އަންހެން މީހާ ހަރަމްފުޅާ ފަސް ކިލޯމީޓަރުން ދުރުން ފެނިފައި ވާއިރު، އެ މީހާ ފެނުނު އިރު އެ މީހާގެ ހާލު ރަނގަޅު ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.
ދަ ޕްރެސް އަށް މައުލޫމާތް ދެމުން ހައްޖު ކޯޕަރޭޝަނުން ބުނީ ގެއްލިގެން ހޯދަމުން ދިޔައީ އުމުރުން 53 އަހަރުގެ އަނެހެއް ކަމަށާއި އޭނާ އުމްރާއަށް ގޮސްފައި ވަނީ އޭނާގެ ފިރި މީހާއާ އެކުގައި ކަމަށެވެ. ހައްޖު ކޯޕަރޭޝަނުގެ ފަރާތުން އޭނާ ހޯދުމުގެ ގޮތުން ހަރަމްފުޅު ތެރެއާ ހޮސްޕިޓަލްތައް ބަލަމުން ދާކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ. އަދި އެ ފަރާތުގެ ހަވާލުގައި 84 މީހުން މި ރޯދަމަހު އުމްރާއަށް ގެންގޮސްފައި ވާ ކަމަށް އެ ކޯޕަރޭޝަނުން ބުނާއިރި އެހެން އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ.
މީގެ ކުރިންވެސް ހައްޖަށް އަދި އުމްރާއަށް ދާ މީހުން ގެއްލުމުގެ އެކި ހާދިސާތައް ހިނގާފައި ވެއެވެ. އެހެން ކަމުން ހައްޖަށް ނުވަތަ އުމްރާއަށް ދިޔުމަށް ފުރުމުގެ ކުރިން މިފަދަ ހާލަތްތަކުގައި އަމަލު ކުރާނެ ގޮތް ކިޔައިދެއެވެ.