ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުގެ ރޭ ދަންވަރު ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލު ނުވެގެން، ފެންސް ފަޅާލައިފައި ގޮސް، މޫދު ތޮށިގަނޑުގައި ޖެހި، އެކްސިޑެންޓް ވި މައްސަލައިގައި ފިޔަވަޅު އެޅުމަށް ޓްރާންސްޕޯޓު އޮތޯރިޓީއަށް ފޮނުވާފައި ވާނެކަމަށް ފުލުހުން ބުނެފިއެވެ.

އެ މައްސަލައިގައި ފިޔަވަޅު އެޅުމަށް އެދި ޓްރާންސްޕޯޓް އޮތޯރިޓީއަށް ފޮނުވާފައި ވަނީ އިއްޔެއެެވެ.

ދުވެލި ކޮންޓްރޯލް ނުވެގެން ގޮސް، ފެންސް ފަޅާލައި، މޫދު ތޮށިގަނޑުގައި ޖެހި، އެކްސިޑެންޓް ވެފައިވަނީ ހުޅުމާލެއިން މާލެ ދިޔުމަށް ހައިވޭގައި ދުއްވާފައި ދިޔަ ކާރެކެވެ. އެކްސިޑެންޓުގައި ކާރު މުޅިން ފުނޑުފުނޑުވެފައި ވީނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާ އެއް ލިބިފައެއް ނުވެއެެވެ.

މި އެކްސިޑެންޓް ގައި އަނިޔާވެފައި ވަނީ ކާރު ދުއްވަން އިން 24 އަހަރުގެ ފިރިހެނަކަށާ، ކާރުގައި އިން 20 އަހަރުގެ ފިރިހެނަކަށެވެ.

މި އެކްސިޑެންޓް ހިނގި އިރު ކާރު ދުއްވަން އިނީ ޔޫތު މިނިސްޓަރުގެ ޕީއެސް އަހްމަދު އަޒްމޫންއެވެ. އަދި އެކްސިޑެންޓް ވީ އިރު އެ ކާރު ދުއްވާފައި ވަނީ 70 ކިލޯ މީޓަރަށް ވުރެ ބާރު ދުވެއްޔެއްގައި ކަމަށް ވެސް މައުލޫމާތު ލބެއެވެ.