ހުޅުމާލޭ ފަޔާ ސްޓޭޝަން އާ ދިމާލު ފަޅުތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ، ހުޅުމާލެ ފަޅުތެރެއިން ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން ސީންގައި ފުލުހން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެ މީހާ ހޮސްޕިޓަލަށް ގެންދިއަ އިރު ވެސް އެމީހާ ވަނީ މަރުވެފައި ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެއެވެ

މަރުވެފައި އޮއްވާ ފެނުނީ ދިވެއްސެއް ކަން އަދި ކަށަވަރެއް ނުވެއެވެ. އެމީހާ އާ ބެހޭ އިތުރު ތަފްސީލް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ވެސް މާލޭ ސަރަހައްދު ކަނޑާ ދިމާލުން މަރުވެފައި އޮތް މީހަކު ވަނީ ފެނިފައެވެ. އެމީހާ ފެނިފައި ވަނީ މާލޭގެ އުސް ފަސްގަނޑު ސަރަހައްދުން ކަނޑާ ދިމާލުންނެވެ.