ނ. ހޮޅުދޫގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާ މަރާލި ކަމުގެ އެއްވެސް ހެއްކެތް ފެންނަން ނެތްކަމަށާއި އޭނާ މަރުވީ ކަރަށް ލިބުނު ޒަހަމްތަކުގެ ސަބަބުންކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވީ ޒަކިއްޔާ މަރާލި ކަމަށް ތުހުމަތު ކުރިޔަސް، އެ މަރާ ގުޅިގެން މިހާތަނަށް ކުރެވުނު ތަހުގީގުން ސުވާލު އުފެދޭ ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.
އުމުރުން 50 އަހަރުގެ ޒަކިއްޔާ އޭނާ ދިރިއުޅޭ ގޭގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ހެނދުނުއެވެ. ޒަކިއްޔާ މަރުވެފައި އޮތްތަނުން ފެނުނު ވަޅީގައި އަދި ޒަކިއްޔާގެ ހެދުމުގައި ލޭ ނެތް ކަމަށް ރަށު ތެރޭގައި ތުހުމަތު ކުރެވުނު ނަމަވެސް، ވަޅި އާއި ހެދުމުގައި ވެސް ގިނަ އަދަދެއްގެ ލޭ ހުރި ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ޒަކިއްޔާގެ ހަށިގަނޑު ބެލި ބެލުމުން ތޫނު އެއްޗަކުން އޭނާގެ ކަރުގެ ކަނާތް އަދި ވައަތް ފަރާތަށް ފުންކޮށް ގިނަ ޒަޚަމްތަކެއް ލިބިފައި ހުރިކަމަށާއި ކަރުގައި މެދާއި ހިސާބުގައި ތިލަކޮށް އެއް ޒަހަމް ލިބިފައި ހުރި ކަމަށެވެ.
މީގެ އިތުރުން ޒަކިއްޔާގެ މަރުވެފައި އޮއްވާ ފެނުނު ތަނަށް އިތުރު މީހަކު ވަދެ އޭނާއަށް ހަމަލާދިން ކަމުގެ އެއްވެސް ނިޝާނެއް ވެސް ފެންނަން ނެތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާކަން ފާހަގަކުރަމުން ފުލުހުން ބުނީ ބައެއް ކަންތައްތައް ނިންމުމަށް ވަގުތު ނަގާނެ ކަމަށެވެ.
ސީސީޓީވީ ފުޓޭޖުން ގުދަނަށް ވަދެވޭ ގޮތަށް ހުރި ދެ ދޮރު ކަވަރ ކުރެވޭ ކަމަށް ބުނެފައިވޭ ،، އެހެންކަމަށް ވާނަމަ ޒަކިއްޔާ އެ ގުދަނަށް ވަނީ ކޮން ދޮރަކުންކަން އެނގެންވާނެ.. ތިކަމުގައި ފުލުހުން މަސްލަހަތަށްޓަކައި ސިއްރު ކުރާ ކަންތައްތަކެއް ވާކަމަށް ބެލެވޭ، ނަފްސާނީ ބަލި ތަހައްމަލު ކުރާ މީހެއް ކަރުގައި ވަޅި އަޅާނެ ގޮތަކަށް ނޫން ވަޅި އަޅާފައި ހުރީ.. އަމުދުން ދެފަޅިން .. އަތުގައި އަޅާފާނެ ، އަމިއްލަ ބަނޑަށް ވަޅި ހަރާފާނެ . ދަންޖެހިދާނެ ، ކޮންފަރެންސްގައި ދެއްކި ލޭހުރި ވަޅި ބެލުމުން ސީދާ ޒަހަމުން ވަޅިއަށް އައިސް ހުރި ލޭއަށްވުރެ ބޮޑަށް އެހެން ވަޅިއަކުން ޓްރާންސްފަރ ކޮށްފައިވާ ލޭ ކަމަށް ބެލެވޭ..ފޮޓޯގައިވާ ވަޅީގެ ތިލައިގައި އިނގިލީގެ ނިޝާނެއް ފާޅުކަން ބޮޑުކޮށް ފެންނަން އެބަހުރި.. ފުލުހުން މި ބުނާ ސީ.ސީ.ޓީ. ވީ ފުޓޭޖެއް ލިބޭނެ ކަމަށް ބެލެވޭ ކެމެރާ ހުރިތަނުގެ ފޮޓެއެއް ނަމަވެސް ކޮންފަރެންސުގައި ދެއްކި ނަމަ ފުލުހުން ތިޔަ ބުނާ ފުޓޭޖެއް ލިބިފައިވާ ކަން ނުވަތަ ނޫންކަން އާއިލާ ހިމެނެ ގޮތަށް ކޮންސާރން ހުރިހާ ފަރާތަކަށް އެނގުނީސް.. ބޮޑަށް ބެލެވެނީ ޕަބްލިކު ޕްރެޝަރ އާއި ހެދި މޮޅު ވާހަކަތަކެއް ދައްކާލަން ބޭއްވު ނިއުސް ކޮންފަރެންސް އަކާ