މާލޭގެ ސޯސަން މަގުގައި ރޭ ދަންވަރު ދެ ސައިކަލު ޖެހިގެން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓުގައި އަންހެނަކާއި ދެ ފިރިހެނަކަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ.

މި ހާދިސާ ހިނގީ ސޯސަން މަގުގައި ހުންނަ ސިޓީ ބޭކަރީ ކުރިމަތީގައެވެ. ހާދިސާގައި ވޭވް 125 ސައިކަލަކާއި އެކްޒައިޓާ 150 ސައިކަލެއް ޖެހިގެން ދެ ސައިކަލަށްވެސް ބޮޑެތި ގެއްލުން ލިބިފައިވެއެވެ. ވޭވް ސައިކަލުގައި ފިރިހެނަކާއި އަންހެނަކު ތިބި އިރު، އެކްޒައިޓާ ސައިކަލު ދުއްވަމުން ގެންދަނީ ފިރިހެނެކެވެ.

މަންޒަރު ދުށް މީހުން ބުނާ ގޮތުން، ސައިކަލުގެ ފަހަތުގައި އިން އަންހެން މީހާ ދެސައިކަލު ޖެހުނު ވަގުތު ދިޔައީ ވިއްސައިގެން ކަމަށާއި ވިއްސައިގެބް ގޮސް ބިންމަތީގައި ބޯޖެހި ބޮޑު އަނިޔާތަކެއް ވަނީ ލިބިފައެވެ. އެ މީހާއަށް ފަރުވާ ދެނީ އޭޑީކޭ ހޮސްޕިޓަލް ގައެވެ.

ހާދިސާގައި އަނިޔާވި ދެ ފިރިހެނުން ފަރުވާއަށް ގެންދިޔައީ އައިޖީއެމްއެޗަށެވެ. އެ ދެ މީހުންނަށްވެސް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ.