ފުވައްމުލަކު ސިޓީގައި ބޭންކިން ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ސިޓީގެ އެއާޕޯޓުގައި އާ ސެލްފް ސާވިސް ބޭންކިން އޭޓީއެމްއެއް މިއަދު ހުޅުވައިފިއެވެ.

މިއީ ފުވައްމުލަކު ސިޓީގައި ބޭންކް އޮފް މޯލްޑިވްސްއިން ގާއިމުކުރި 4 ވަނަ އޭޓީއެމްއެވެ. މިއާއެކު މިހާރު އެ ސިޓީގައި ދިވެހި ރުފިޔާ ނެގުމާއި ޖަމާކުރުމަށް ޚާއްސަ 3 އޭޓީއެމް އަދި އެމެރިކާ ޑޮލަރު މުއާމަލާތްތަކަށް ހާއްސަ 1 އޭޓީއެމް ހުންނާނެއެވެ.

https://web.facebook.com/bankofmaldives/posts/pfbid02qTynTEaySFhgMKDC5CyPcN3gv423HbDvdRzLg8c5h71od19xjL611VbXRqb2F55Jl

ބީއެމްއެލްއިން ހާމަކުރި ގޮތުގައި، އެއާޕޯޓުގައި މި ހުޅުވުނު އާ އޭޓީއެމްގެ ސަބަބުން އާންމު ރައްޔިތުންނަށާއި ދަތުރުވެރިންނަށް ބޭންކުގެ މުހިންމު ހިދުމަތްތައް 24 ގަޑިއިރު ފަސޭހަކަމާއެކު ލިބިގެންދާނެއެވެ. މީގެ ތެރޭގައި ފައިސާ ނެގުމާއި، ފައިސާ ޖަމާކުރުމުގެ އިތުރުން ކްރެޑިޓް ކާޑްތަކަށް ފައިސާ ދެއްކުމާއި ފައިސާ ޓްރާންސްފާ ކުރުމުގެ ހިދުމަތް ހިމެނެއެވެ.

ބީއެމްއެލް އިން މުޅި ރާއްޖެއަށް ބޭންކިން ހިދުމަތްތައް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ޖުމްލަ 338 އޭޓީއެމްގެ ހިދުމަތް ވަނީ ގާއިމުކޮށްފައެވެ.