2026 ވަނަ އަހަރު ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދަން ލޯނުދިނުމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ސަރުކާރުގެ އަމާޒަކީ ކޮންމެ އަހަރަކު ދޫކުރާ މަތީ ތައުލީމްގެ ލޯނު އެހީގެ މަދުވެގެން ފަންސާސް ޕަސެންޓް ފަންނީ ނުވަތަ ޓެކްނިކަލް ދާއިރާތަކަށް ހާއްސަކުރުން ކަމަށެވެ. މި ސިޔާސަތުގެ ދަށުން ފަންނީ ނޫން ދާއިރާތަކުން ލޯނު ދޫކުރާ މިންވަރު ވަކި މިންގަނޑެއްގައި ހިފެހެއްޓުނު ކަމުގައި ވީ ނަމަވެސް ފަންނީ ދާއިރާތަކުން މަތީ ތައުލީމް ހާސިލްުކުރަން ބޭނުންވާ ހުރިހާ ދަރިވަރުންނަށް އޮތީ ހަނިކަމެއްނެތި ފުރުސަތެއްތަކެއް ހުޅުވާލާފައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މިއީ ގައުމަށް އެންމެ ބޭނުންތެރި ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމަށް ދަރިވަރުންނަށް ދެވޭ ބޮޑު ހިތްވަރަކާއި ފަހިވެގެންދާ ރަނގަޅު ފުރުސަތެއް ކަމަށް ހަޔާ އެޑިއެކޭޝަން އިން ބުނެއެވެ.
ލޯނަށް އެދި ހުށަހެޅޭނީ "ކުރި ޕޯޓަލް" މެދުވެރިކޮށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ
އިތުރު މައުލޫމާތު އެ މިނިސްޓްރީގެ ވެބްސައިޓް އިން އަދި 1474 ނަންބަރު ފޯނުން ލިބޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް މި އީމެއިލްއަށް މެއިލް ކުރުމަށް ހަޔާ އެޑިއުކޭޝަން އިން ބުނެފައި ވެއެވެ.
