ހުއްދަނެތި ގދ. ތިނަދޫގެ ގެއަކަށްވަދެ، މާރާމާރީ ހިންގައި އިންޒާރު ދިން މީހަކު ހައްޔަރު ކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގދ. ތިނަދޫ ފުޓް ލައިޓްއާގެ، އުމުރުން 49 އަހަރުގެ އާމިނަތު ފޭޒްލީންއެވެ.
ފުލުހުން ބުނީ މިދިޔަ ބުދަ ދުވަހުގެ ރޭ 10:38 ހާއިރު މީހަކު ހުއްދަނެތި ގދ. ތިނަދޫގެ ގެއަކަށް ވަދެ އެގޭގައި ކުޑަކުދިންތަކެއް ތިއްބައި ހަޑި ހުތުރު ބަހުން ޒުވާބުކޮށް، މާރާމާރީ ހިންގައި އިންޒާރު ދީފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި އާމިނަތު ފޭޒްލީން ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު މެންދުރުފަހު 2:30 ހާއިރު ކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އަދި މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.