ޕަވާ ބޭންކެއްގައި ރޯވެ ދ. ކުޑަހުވަދޫގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިިފިއެވެ.
އެމްއެންޑީއެފްއިން ބުނީ މި ހާދިސާ ހިނގާފައި ވަނީ ދ.ކުޑަހުވަދޫ "ނީލް ވިލާ" ގޭގައި ކަމަށެވެ.
ކުޑަހުވަދޫ ފަޔާ ސްޓޭޝަނަށް މި ހާދިސާގެ މައުލޫމާތު ލިބިފައި ވަނީ އިއްޔެ މެންދުރުފަހު 1:03 ހާއިރު ކަމަށެވެ. އަދި ހާދިސާ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ އޭރިއާ ކޮމާންޑްގެ ފަޔާފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
އެގޮތުން ފަޔާފައިޓަރުން ކުރި މަސައްކަތުން އެ ގޭގައި ރޯވެފައި ހުރި އަލިފާން އެއްކޮށް ނިއްވާލެވިފައި ވަނީ އިއްޔެގެ މެންދުރުފަހު 1:14 ހާއިރު ކަމަށް އެމްޑީއެފްއިން މައުލޫމާތު ދެއެވެ.
އެމްއެންޑީއެފްއިން ބުނީ އެ ގޭގެ ކޮޮޓަރިއެއްގައި ޗާޖަށް ޖަހާފައި އޮތް ޕަވާ ބޭންކެއްގައި ރޯވެ ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށެވެ.