ރާއްޖޭގެ 75 ރަށެއްގައި ފުލުހުންގެ މަރުކަޒު ގާއިމް ކުރުމަށް ސަރުކާރު ހިއްސާވާ ތިން ކުންފުންޏަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ހޯމް މިނިސްޓްރީން ބުނީ މި މަހުގެ 13 ވަނަ ދުވަހު ސޮއިކުރި ފަހުމުނާމާއާ އެއްގޮތަށް ފެނަކަ ކޯޕަރޭޝަންއާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާ އެކު މިއަދު ވަކިވަކި އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. އެގޮތުން މި ޕްރޮޖެކްޓްތަކުގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށާއި ބައެއް ޕްރޮޖެކްޓްތައް މިއަހަރުތެރޭ ނިންމުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ހޯމް މިނިސްޓްރީން ބުނެއެވެ.
ފުލުހުންގެ މަރުކަޒު އަޅަން ފެނަކަ ކޯޕަރޭޝަން އަށް 40 ރަށެއް ހަވާލުކޮށްފަިއވާ އިރު، އާރްޑީސީއަށް ވަނީ 20 ރަށެއްގައި ފުލުހުންގެ މަރުކަޒު އަޅަން ހަވާލުކޯށްފައެވެ. އަދި އެމްޓީސީސީއަށް ވަނި 15 ރަށެއް ހަވާލުކޮށްފައެެވެ.
މިއީ ފުލުހުންގެ ހިދުމަތަށް 91 އަހަރުވީ އިރު ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއު ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ. މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ދޭ މަރުކަޒެއް ގާއިމް ކުރެވޭ އިރު، އޭގެތެރެއިން ދެބައިކުޅައެއްބައި ރަށުގައި ފުލުހުންގެ އަމިއްލަ ޒަމާނީ މަރުކަޒުތައް ގާއިމްކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ރާއްޖެއަކީ އަމާންއަމާންކަން ގާއިމްކުރެވިފައިވާ ކުށްމަދު މުޖުތަމައުއަކަށް ހެދުމައްތަކައި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިރުޝާދާއެކު ހިންގާ މަޝްރޫއެކެވެ.