މާލޭ ސަރަހައްދުގައި ގައުމީ ސަލާމަތާ ގުޅުން ހުރި އޮޕަރޭޝަނެއްގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން ބުނީ، މި އޮޕަރޭޝަން ފަށަފައި މި ވަނީ ފުލުހުންގެ އިންޓެލިޖަންސަށް ލިބުނު މައުލޫމަތަކާ ގުޅިގެން މިރޭގެ ވަގުތެއްގައި ކަމަށެވެ. އެ ގޮތުން މި އޮޕަރޭޝަންގައި ފުލުހުންނާއި ސިފައިން ވެސް ހަރަކާތްތެރިވާނެ ކަމަށް ފުލުހުން ބުނެއެވެ.

މިއީ ގައުމީ ސަލާމަތާ ގުޅުން ހުރި ހާއްސަ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނި ކަމުގައި ވީ ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

މި އޮޕަރޭޝަންއާ ގުޅޭ މައުލޫމާތު ލިބެމުންދާ މިންވަރަކުން ހާމަ ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.