މާލޭ ގަލޮލުގައި ހުންނަ ގެއެއްގެ ވެރި ފަރާތަށް ބަޔަކު ބިރު ދައްކާ އިންޒާރު ދިން މައްސަލައަކާއި ގުޅިގެން ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލަ ހުށަހަޅާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. ރޭ 12:45 ހާއިރު 4 މީހަކު އެ ގެއަށް ވަދެ ގެއަށް ގެއްލުން ދީފައިވާ މައްސަލަ އާއި ގުޅިގެން ކުށުގެ ވެށިން 4 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އއ.މާޅޮސް، ރީތި ހިޔާ މުހައްމަދު އަފްލަހު (23އ)، ނ.ވެލިދޫ، އެލަސް، އިބްރާހީމް އަހްނަފް (21އ)، ނ.މަނަދޫ، ހަވޭލީ މުހައްމަދު އަޒާން (23އ) އަދި ތ.ގުރައިދޫ، ފަޒާ، އަލީ ނަވާފް (21އ) އެވެ.

މި 4 މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.