ހއ. ބާރަށު ފުއްޓަރު ފަރާތަށް ބޮނޑި ބަނދެފައި ހުރި ފަތް ބޮޑިތަކެއް ލައްގައިފިއެވެ.
ފުލުހުން ބުނީ، އެ ރަށުގެ ފުއްޓަރު ފަރާތަށް ބޮނޑިބޮނޑިއަށް ބަނދެފައި ހުރި ފަތްބޮޑިތަކެއް ލައްގާފައިވާ ކަމުގެ މައުލޫމާތު ލިބިފައި ވަނީ މިއަދު ހަވީރު 4:15 ގައި ކަމަށެވެ. އަދި ބެލެވޭ ގޮތުގައި އެ ފަތްބޮޑުތަކަކީ މަސްތުވާ ޒާތުގެ އެއްޗެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެއެވެ.
މި ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ބާރަށަށް ލައްގާފައި ވަނީ ކިހާ އަދަދެއްގެ ފަތްް ބޮޑިތަކެއް ކަން އަދި ސާފުވާ ގޮތެއް ނުވެއެވެ.
މި ޒާތުގެ ފަތްބޮނޑި ރާއްޖޭގެ ބައެއް ރަށްރަށަށް މީގެ ކުރިންވެސް ލައްގާފައި ވެއެވެ. އެތަކެއްޗަށް ހެދި ގޮތެއް ފުލުހުން ހާމަ ކޮށްފައި ނުވާ އިރު، 2020 ވަނަ އަހަރު ގެ ޖެނުއަރީ މަހުގެ ތެރޭގައި ގއ. މާމެންދުއަށް ލެއްގި 44 ބޮނޑި ލެއްގިއެވެ. އެތަކެތި ތަހުލީލު ކުރާކަމަށް އޭރު ފުލުހުން ބުނެފައި ވެއެވެ. ހަމަ އެ މަހުގެ ތެރޭގައި ގިރިފުށި ޖެޓީ ސަރަހައްދަށް ވެސް 2 ފޫޓުގެ ޕާރުސަލެއް ލެއްގިއެވެ. އެޕާރުސަލުގައި ހުރީ ފަތްތަކެއް ކަމަށް ފުލުހުން ބުންޏެވެ.
ނަންވާނީ އިބޫއެވެ!