ޖަމީ އުލްއަލްފާ މަސްޖިދުގެ ނަމުން މަޝްހޫރު ކޮލަމްބޯ ރެޑް މިސްކިތަކީ، އެތަނުގެ އަކުރުން އަކުރަށް އާކިޓެކްޗަރަލް މޮޅުކަން ދުނިޔެއަށް ދައްކައިދޭ މިސްކިތެވެކެވެ. މިއީ އާދަޔާ ހިލާފު ކުލަތަކުގެ ޕެޓާންތަކާއި އެކު އަޖައިބު ކުރުވަނިވި ޑިޒައިންތަކެ ފެނިގެން ދާ، އަދި އެތަނަށް ޒިޔާރަތްކުރާ ފަރާތްތައް ހައިރާންކޮށްލާނެ މިސްކިތެކެވެ.

ކޮލަމްބޯ ސިޓީގެ 4 ކިލޯ މީޓަރަށްވުރެ ދުރުގައި އޮންނަ ޕެޓްޓާ ޑިސްޓްރިކްޓްގައި ހުންނަ އެންމެ ދުވަސްވީ މި މިސްކިތުގެ ޓަވަރާއި، އުސް މުންނާރުތަކަކީ އެ އަވަށުގެ އެންމެ އުސް އަދި އެންމެ ދުރަށް ފެންނަ ތަންތަންކަމުގައިވާއިރު މިއީ އެއް ޒަމާނެއްގައި ކޮލަމްބޯ ބަނދަރަށް ގާތްކުރާ އޮޑިދޯނި ފަހަރުތައް ލޭންޑްމާކެއްގެ ގޮތުގައި ބަލަމުން އައި ތަނެކެވެ. މި މިސްކިތަށް ޒިޔާރަތްކުރާ ދެ ޖިންސުގެ މީހުންވެސް ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އަންގާފައިވާއިރު، އާދަކާދަތަކަށް އިހްތިރާމްކޮށް އަންހެނުން ބޮލުގެ އިސްތަށިގަނޑު ނިވާކުރަންޖެހެއެވެ.

ކޮލަމްބޯ ރެޑް މިސްކިތް

މި މިސްކިތުގެ އެންމެ ފާހަގަކޮށްލެވޭ އެއް އާކިޓެކްޗަރަލް ބަދަލަކީ މިސްކިތުގެ މަތީގައި ހުންނަ ގުއްބުތައް އާންމުކޮށް ފެންނަ ފިޔާ ޝޭޕްގެ ބައްޓަމާއި ތަފާތުވުމެވެ. އޭގެ ބަދަލުގައި ގުއްބުތައް އަންނާރުގެ ބައްޓަމާއި އެއްގޮތްކޮށް ފަރުމާކޮށްފައިވެއެވެ. އަދި އޭގެ ފާރުތަކުގައި އެ މޭވާގެ އިނާޑްސް އާއި އެއްވަރަށް ރަތްކުލައިގެ ކުލައެއް ޖަހާފައި ހުންނައިރު، ފަނޑު ރީނދޫ ކުލައިގެ ހޮރޮޒޮންޓަލް ސްޓްރައިޕްތަކާއެކު ކުލަ ޖަހާފައިވެއެވެ.

ރެޑް މިސްކިތުގެ އާދަޔާ ހިލާފު ކޮންސްޓްރެކްޝަން މަސައްކަތާއި އާކިޓެކްޗާއިން މިސްކިތައް ގެނެސްފައިވާ ފުރިހަމަކަން ފެނިގެން ދެއެވެ. އިންޑިއާގެ ސާރަސެނިކް އާކިޓެކްޗަރުން ހަދާފައިވާ މި އިމާރާތުގެ މުންނާރު ފަދަ ގިނަ ތަންތަނުގެ ނަމޫނާ ބަލާފައިވަނީ ފާރިސީ އިމާރާތްތަކުންނެވެ. ރަތް އަދި ހުދު ކުލައިގެ އާދަޔާ ހިލާފް ޕެޓާންސްތަކާއެކު ކޮލަމްބޯގެ އެންމެ ދުވަސްވީ މި މިސްކިތަކީ އަކުރުން އަކުރަށް ޝައުގުވެރިކުރުވާ މަންޒަރެކެވެ.

ކޮލަމްބޯ ރެޑް މިސްކިތް

މި މިސްކިތުގައި އެންމެ ފުރަތަމަ 1500 މީހުންގެ އަޅުކަމުގެ ޖާގަ ހުރި އިރު މިއަދު މިސްކިތުގެ ޖާގަ ފުޅާކޮށް 10،000 މީހުންނަށް އަޅުކަންކުރެވޭނެ ތަނަވަސް ޖާގައެއް ވަނީ ހަދާފައެވެ. ނަމާދު ވަގުތުތަކާ، ހުކުރު ދުވަސްތަކަކީ މި މިސްކިތް ސަރަހައްދު އެންމެ ބީޒީވާ ވަގުތުތައް ނަމަވެސް އާންމު ގޮތެއްގައި އެހެން ކޮންމެ ގަޑިއަކު މި މިސްކިތައް ޒިޔާރަތްކޮށްލަން ފަސޭހަވާނެއެވެ.