ބެލެނިވެރިންނަށް ހާއްސަކޮށްގެން ހިރިޔާ ސްކޫލުގައި ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން އެ ސްކޫލުގެ ބެލެނިވެރިޔަކު ނިޔާވެއްޖެއެވެ.
މި ހާދިސާއާ ގުޅިގެން އެޑީއުކޭޝަން މިނިސްޓްރީއިން ބުނީ ހިރިޔާ ސްކޫލްގެ ޕީޓީއޭ އިން އިންތިޒާމުކުރި ކުޅިވަރު ހަރަކާތެއްގައި ރޭ ކުޅެވުނު ފުޓްސަލް މެޗެއް ނިމުނު ފަހުން ދަނޑުމަތީ އޮށޯތް ބެލެނިވެރިޔަކަށް ސިއްހީ މައްސަލައެއް ދިމާވިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެކަން ފާހަގަކުރެވުމާއެކު ބެލެރިވެރިޔާ ވަގުތުން ކައިރީގައި ހުރި އައިޖީއެމްއެޗްއަށް ގެންދެވުނުކަމަށް ސްކޫލާ ހަވާލާދީ އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ބުނެފައެވެ. މި ބެލެނިވެރިޔާ ނިޔާވެފައިވާ ކަމަށާއި މި ކަމުގައި އާއިލާ އާއި ސްކޫލަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ބުނެފައެވެ.
އެޑިއުކޭޝަން މިނިސސްޓްރީއިން ވަނީ ނިޔާވި ބެލެނިވެރިޔާގެ އާއިލާއަށް ތައުޒިޔާ ދަންންވާފައެވެ.