ވ. ފުލިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް، ޝީރީން ނާހިދާ ލަތީފު ސަސްޕެންޑުކޮށްފިއެވެ.
ޝީރީން ސަސްޕެންޑުކޮށްފައިވަނީ އޭނާއާ ގުޅޭ ގޮތުން ތަހުގީގުކުރި މައްސަލައެއް ސާބިތުވުމާއި ގުޅިގެންނެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނެރުނު ބަޔާނުގައި ބުނީ ޝީރީނާ ގުޅޭގޮތުން ތަހުގީގުކުރި މައްސަލައެއް ސާބިތުވެފައިވާތީ، މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް 15 ދުވަހުގެ މުއްދަތަށް އޭނާ ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.
ނަމަވެސް އޭނާ އާ ދެކޮޅަށް ތަހުގީގު ކުރީ ކޮން މައްސަލައެއް ކަމެއް ޖޭއެސްސީން ހާމަކޮށްފައި ނުވެއެވެ. މިފަދައިން ނިންމާފައިވަނީ ޖޭއެސްސީން 2025 ޖަނަވަރީ 15 ވަނަ ދުވަހު ބޭއްވުނު ކޮމިޝަންގެ 01 ވަނަ ޖަލްސާގައެވެ.
ޖޭއެސްސީން ބުނީ ޝީރީންގެ އެ އަމަލަކީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށެވެ.