މި ފެށޭ އާ އަހަރު ފާހަގަކުރުމަށް ޑްރޯން ޝޯއަކާއެކު ކުލަގަދަ ހަފްލާއެއް ބާއްވަން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ނިންމައިިފިއެވެ.

އެމްއެމްޕީއާރްސީ އިން ބުނީ މި ހަފްލާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ކަމަށެވެ. ޑިސެމްބަރު 31 ވާ އަންގާރަ ދުވަހުގެ ރޭ 20:00 އިން ފެށިގެން 00:00 އަށް އަދި ޖެނުއަރީ 1 ވާ ބުދަ ދުވަހުގެ ހަވީރު 16:00 އިން ފެށިގެން އެރޭ 22:00 އާ ހަމައަށް މި ހަލްފާގެ އިވެންޓުތައް ކުރިއަށް ދާނެ ކަމަށް އެމްއެމްޕީއާރްސީ އިން ވަނީ ބުނެފައެވެ.

މި ހަފްލާގައި ފަތުރުވެެރިއެއްގެ ދަތުރު ދައްކުވައިދޭ 15 މިނިޓުގެ ހާއްސަ ޑްރޯން ޝޯއެއް ކުރިއަށްދާނެކަމަށާއި، 12 ޖަހާއިރު ހަވާއެރުވުންވެސް އޮންނާނެ ކަމަށް އެމްއެމްޕީއާރްސީ އިން ވަނީ ބުނެފައެވެ. މީގެއިތުރުން މި ހަފްލާގައި ފުޑް ފެސްޓިވަލެއް އަދި ލައިވް ބޮޑުވެރު ވެސް އޮންނާނެކަމަށް އެމްއެމްޕީއާރްސީ އިން ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި "ނިއު އިޔާ" އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުލަ ގަދަ ކޮށް ފާހަގަކުރާ ދުވަހެކެވެ. މިއުޒިކް ޝޯތަކާއި ހަވާ އެރުވުމުގެ އިތުރުން ރާއްޖޭގެ ކުޅަދާނަ ފަންނާނުންގެ އެކި ހަރަކާތްތަކާއި ބޮޑުބެރަށް ގިނަ ބައެއްގެ ތަރުހީބު ލިބެއެވެ.