މިދިޔަ ބުދަ ދުވަހު ޓެކްސީ ޑްރައިވަރުން ކުރިއަށްގެންދިޔަ މުޒާހަރާއާ ގުޅިގެން ރޭ އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރު ކޮށަފައިވަނީ ކ.މާލެ، މއ.ނަހީދީ މަންޒިލް، މިސްބާހް ޝަރީފް. (31އ)ކަމަށެވެ.

މިސްބާހު ހައްޔަރު ކޮށްފައިވަނީ ޑިސެންބަރު 11، 2024 ވަނަ ދުވަހުގެރޭ ބައެއް ޓެކްސީ ޑްރައިވަރުން ކުރިއަށް ގެންދިޔަ މުޒާހަރާގައި އާންމު ދަތުރުފަތުރަށް ހުރަސްއަޅާ މަގު ބްލޮކް ކޮށް ފުލުހުން ދައުރު އަދާ ކުރުމަށް ހުރަސް އަޅާފައިވާތީ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިތުރަށް ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށެވެ.

ޓެކްސީ ޑްރައިވަރުންގެ މުޒާހަރާއާއި ގުޅީގެން މީގެ ކުރިންވެސް 3 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އެގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މުހައްމަދު ޝާމިން(39އ)، މއ.ވިރާހު، އަހުމަދު ޝަބީން (33އ)، ސަންރޭ، ލ. ދަނބިދޫ، ނުއުމާން އަހުމަދު(36އ)، ހޮލިޑޭވިލެޖް، ހދ. ކުމުންދޫއެވެ، އޭގެ ތެރެއިން ޝާމިން އާއި ޝަބީން ފަސް ދުވަހު ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުކުރިއިރު ޝަރުތުތަކަކާއެކު ނުއުމާން ވަނީ ދޫކޮށްލާފައެވެ.