ފުވައްމުލައް ސިޓީގެ އަންހެނެއްގެ ފޭސްބުކް އެކައުންޓް ހެކްކޮށްގެން، މަކަރާއި ހީލަތުން ފައިސާ ހޯދަމުން ދިޔަ މައްސަލަ އެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ އަންހެން މީހާގެ ފޭސްބުކް އެކައުންޓް ހެކްކޮށްގެން އަންހެން މީހާގެ ނަމުގައި، މީހުން އަތުން ފައިސާ ހޯދަމުން ދާ މައްސަލައެއް މި މަހުގެ 27 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެފައިވާއިރު މިކަމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މަކަރާއި ހީލަތުން ފައިސާ ހޯދަމުން ދިޔަ މި މައްސަލައާއި ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ މި ހާދިސާ ހިނގި ގޮތް ވަރަށް ބޮޑަށް އޮޅުވާލާފައިވާކަމަށް ބުނެ ކަންބޮޑުވުންފާޅުކޮށްފައެވެ. އެގޮތުން އެންމެ ފުރަތަމަ މަކަރާއި ހީލަތުން ފައިސާ ހޯދުމުގައި ފުލުހެއްގެ އިތުރުން އެމްއައިބީގައި މަސައްކަތްކުރާ އޭނާގެ އަނބިމީހާވެސް ބައިވެރިވާކަމަށް ބުނެ، އެމީހުން 'ފްރޭމް' ކުރުމަށް ވަނީ މަސައްކަތްކޮށްފައެވެ.
މި ވާހަކަތަކާއި ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރަމުން އަންނަ އިބްރާހީމް އައްސަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާ އާއި އޭނާގެ އަންހެނުންގެ އަބުރު ގެއްލޭ ގޮތަށް ދޮގުވާހަކަތައް ފޭސްބުކު އަދި ޓުވިޓާގައި ނުފެތުރުން އަންނަކަމަށެވެ. ސްކޭމް ތެރޭގައި އުޅޭ ގުރޫޕެއްގެ ބަޔަކު އެމީހުން ހިންގި ސްކޭމެއް ފަޅާއެރުމުން އެހެން މީހުންގެ އަބުރު ކަތިލުމަކީ ހިތާމަހުރި ކަމެއް ކަމުގައި އައްސަދު ވަނީ ބުނެފައެވެ. "މިމައްސަލަ އަޅުގަނޑު ވާނީ ތަހްގީގު ކުރުމަށް ޕޮލިސް އަށް ހުށަހަޅާފައި. އަބުރު ކަތިލައިގެން އަޅުގަނޑު ކުރަމުންދާ ގައުމީ މަސައްކަތް ކުރުމަށް ފަހެއް ނުޖެހޭނެ." އައްސަދު ބުންޏެވެ.
މީގެ އިތުރުން އޭނާވަނީ މި ސްކޭމް ހިންގުމުގައި ހަރަކާތްތެރިވަމުން ދާ ކަމަށް ތުހުމަތުކުރެވޭ މީހާގެ ނަމާއި ނަންބަރުވެސް އާންމުކޮށްފައެވެ. އަދި ހަގީގަތާއި ހިލާފު ދޮގުވާހަކަތައް ފަތުރަމުންދާ ސްކޭމް ގުރޫޕަކަށް ނިސްބަތްވާ މި މީހާ ވައިބާއިން އެކި މީހުނަށް މެސެޖުކޮށްގެން ގިނައަދަދެއްގެ ފައިސާ މަކަރާއި ހީލަތުން ހޯދާފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް އިބްރާހީމް އައްސަދު ވަނީ ބުނެފައެވެ. އަދި އެކަމުން ސަލާމަށް ވުމަށް އެހެންމީހުންގެ އަބުރުކަތިލުމަށް އެ ފަރާތުން ދޮގު މައުލޫމާތު ފަތުރަމުން އަންނަކަމަށް ބުނެ އައްސަދު ވަނީ ހުރިހާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެދިފައެވެ.
މި ސްކޭމް ހިންގިކަމަށް ބުނާ ފަރާތުން މި ތުހުމަތުތަކަށް އިންކާރުކޮށް ސޯޝަލް މީޑިއާގައި ބުނެފައިވަނީ އޭނާގެ ވައިބާ އެކައުންޓް ހެކްކޮށްފައިވާކަމަށެވެ. އަދި މި ސްކޭމް ހިންގި ފަރާތްތަކުން މިކަން ސިއްރުކުރުމަށް ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުން ދާކަމުގެ ތުހުމަތުތައްވެސް އޭނާ ވަނީ ކޮށްފައެވެ.
ހައްތާވެސް ސްކޭމެވެ..ބުޅާ ފެލިޓީ އަކީ ވެސް ސްކޭމެކެވެ..މިހާރު ރާއްޖޭގެ ވައި ނުސާފު ވެގެން ހަމައެކަނި ވަކި ބަޔަކު ގެންނަ މާސްކް އެއް ނޫނީ ކަމަކު ނުދެއެވެ.ބައެއް ޑޮކްޓަރުން ވެސް ބައި އެޅޭތީ އެނޫން ބަޔަކު ގެންނަ މާސްކެއް ނޫނީ ކަމަކު ނުދެއެވެ..އެމާސްކެއް އެހެން ބަޔަކު ގެންނާކަށް ހުއްދަ އެއް ނޫނެވެ.އެ ވިއްކަނީ ވެސް ދުއިސައްތަ ޕަސެންޓް ފައިދާލާފައެވެ.....މުޢިއްޒު އެވެ..ތިމާގެ ބޮލުގައި މިޒިންމާވެސް ނޭޅުވި ނުދާނެއެވެ..ތިޔަ ހުރީ ރައްޔިތުންގެ މިކަހަލަ އެތައް ޒިންމާއެއް ބޮލުގަ އަޅައިގެންނެވެ.