އުރީދޫ މޯލްޑިވްސް އިން ކުރިއަށް ގެންދާ ކޮންމެ ތިން ދުވަހަކުން ސައިކަލެއް ލިބޭ ހާއްސަ ޕްރޮމޯޝަންގެ 16 ވަނަ ނަސީބުވެރި އަކަށް ކ. ދިއްފުށި، މުހައްމަދު އިޔާން އަބްދުލް ރަހީމް ހޮވިއްޖެއެވެ.
މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 31 ގެ ނިޔަލަށެވެ. އުރީދޫއިން ބުނީ މި ޕްރޮމޯޝަންގެ ދަށުން ޖުމްލަ 30 ސައިކަލު ދިނުމަށް ހަމަޖެހިފައި ވާކަމަށާއި، އިއްޔެގެ ނަސީބުވެރި ފަރާތަށް ސައިކަލު މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ. އިޔާން އަށް އުރީދޫއިން ދީފައި ވަނީ އެއާބްލޭޑު 125 ގެ ކަޅާއި ރަތް ކުލައިގެ ސައިކަލެކެވެ.
އުރީދޫ ކަސްޓަމަރުން 250 ގެ ޕްރިޕެއިޑް ރީޗާޖު ކޮށްގެން، ނުވަތަ ޕޯސްޓްޕެއިޑް އަދި ސުޕަނެޓް ބިލް ދައްކައިގެން، ނުވަތަ ޑޭޓާ ޕެކޭޖެއް އެކްޓިވޭޓް ކޮށްލައިގެން ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. ހަމައެއާއެކު އުރީދޫގެ އާ ކަސްޓަމަރެއް ނަމަ، އުރީދޫގެ ހިދުމަތެއް ހޯދުމަށް 400 ރުފިޔާ ހަރަދު ކުރުމުން ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.
މި ޕްރޮމޯޝަންގައި 26 އެއާ ބްލޭޑާއި ތިން ޕީސީ އެކްސް ދިނުމަށް ހަމަޖެހިފައި ވެއެވެ. މުޅި ޕްރޮމޯޝަންގެ އެންމެ އަގުހުރި އިނާމެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ހޮންޑާ ރެބެލް ސައިކަލެކެވެ.
މީގެއިތުރުން އުރީދޫއިން ވަނީ ރާސްޓަސް ސަޕްރައިޒުން 65 އިންޗީގެ ޓީސީއެލް ޓީވީއެއް ލިބުނު ފަރާތަށް އެ އިނާމުވެސް މިއަދު ހަވާލުކޮށްފައެވެ. މި ޓީވީ ލިބިފައިވަނީ ސ. ފޭދޫ ހުސައިން ރަޝީދަށެވެ. ހުސައިން ރަޝީދުގެ ފަރާތުން އިނާމާއި ހަވާލުވެފައިވަނީ ޔަޝްފާ ރަޝީދެވެ. އުރީދޫ އިން ބުނީ ރާސްޓަސް ސަޕްރައިޒުވެސް އަންނަ މަހުގެ 31 ގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އުރީދޫ އިން ދަނީ އުރީދޫގެ ކަސްޓަމަރުންނަށް ގިނަ އަދަދެއްގެ އިނާމުތަކާއި އޮފާތަކެއް ދެމުންނެވެ.