ފާއިތުވި ދެ ދުވަހު މާލޭގެ އިތުރު ފަސް ކެފޭއެއް ބަލާ ފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އެ އިދާރާއިން ބުނީ އިމިގްރޭޝަންގެ ވޮޗަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޮކްޓޫބަރު 28 އަދި 29 ވަނަ ދުވަހު މާލޭގައި ފަސް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެގޮތުން މާލޭގައި ހިންގަމުންދާ 05 ކެފޭއެއް ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ މައުލޫމާތު ދީފައެވެ. މި ހިނގާ ހަފްތާ ތެރޭގައި އިމިގްރޭޝަންގެ ރެއިޑުތައް ގިނައިން ހިންގާފައިވަނީ ކެފޭ ތަކުގައެވެ. އަދި މި އޮޕަރޭޝަންތަކުގައި ގިނަ ބިދޭސީންތަކެއްވެސް ވަނީ ހައްޔަރުކޮށްފައެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަތައް ބޮޑުވެ، އެ މައްސަލަތައް ހައްލު ކުރުމަށް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ގަވައިދާ ހިލާފަށް ވިޔަފާރި ކުރާ ތަންތަން ފާސްކުރަން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އެއާއެކު ގިނަ ތަންތަން ބަލައި ފާސްކޮށް 4300 އަށް ވުރެ ގިނަ ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ޑީޕޯޓްކޮށްލާފައެވެ.
މި މަސައްކަތުގެ ތެެރެއިން އާންމު ސަލާމާތާއި ސިއްހަށް ނުރައްކާ ވާ ގޮތަށް ސާފުތާހިރުކަން ކުޑަތަންތަނުގައި ކާބޯތަކެތި އުފައްދާ ބިދޭސީންގެ މައްސަލަތައްވެސް ދަނީ ފެންމަތިވަމުންނެވެ. އެހެންކަމުން މި އޮޕަރޭޝަން އިތުރަށް ފުޅާކޮށް މާލޭގައި ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުން އަންނަ ގެތައް އިމިގްރޭޝަނުން ވަނީ ބަލައި ފާސްކުރަން ފަށާފައެވެ.