ސްނޯކްލިންއަށް ގޮސްއުޅުނު ފަތުރުވެރިއަކު މަރުވެއްޖެއެވެ.

މަރުވެފައި ވަނީ ޗައިނާގެ 27 އަހަރުގެ ފިިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އއ. ގަންގެހި ރިސޯޓު ބޭރަށް ސްނޯކިލްއަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެފައިވާ ކަމަށް އިއްޔެ 11:22 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެމީހާ ހެލްތް ސެންޓާއަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހެލްތް ސެންޓާއާ ހަވާލީ ފުލުހުން ބުނެއެވެ.

މި މީހާއަކީ ރަސްދޫ ގެސްޓް ހައުސްއެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ މީހެއްކަން ވެސް ފުލުުހުން ވަނީ ފާހަގަކޮށްފައެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.