މަޝްހޫރު ކޭޕޮޕް ބޭންޑުގެ ލީޑު ރެޕާ ސުގާ، މަސްތުގެ ހާލަތުގައި ހުރެ ސްކޫޓަރު ދުއްވި މައްސަލައެއްގައި ޖޫރިމަނާކޮށްފިއެވެ.

ބޭރުގެ ނޫސްތަކުން ބުނާގޮތުގައި ސުގާ ޖޫރިމަނާކުރީ ސޯލްގައި ހުންނަ އޭނަގެ ގޭ ކައިރީ ދުއްވަމުން ގޮސް ސްކޫޓަރާ އެކީ ވެއްޓުމާ ގުޅިގެންނެވެ. ފުލުހުން ސީނަށް އެޓެންޑްވި އިރު، ސުގާ މަސްތުވެގެން ހުރި ކަމަށް ޝައްކު ކުރެވިގެން ޓެސްޓްކުރި އިިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވުމާ ގުޅިގެން އޭނާ ޖޫރިމަނާކުރީ 15 މިލިއަން ވޮން (11،500 ޑޮލަރު) އަށެވެ.

މި ހާދިސާއާއެކު ސުގާގެ ލައިސެންސް ވަގުތީ ގޮތުން ފުލުހުން ހިފަހައްޓާފައިވާއިރު، ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ސުގާ އަށް ފާޑުކިޔަމުންނެވެ. މަޝްހޫރު މޫނެއް މަގުމަތީގައި މަސްތުގެ ހާލަތުގައި ދުއްވަމުން ދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ރައްޔިތުންގެ ކިބައިން ސުގާ މައާފަށް އެދެން ޖެހޭނެކަމަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އެމީހުންގެ ޝުއޫރުފާޅުކުރަމުންނެވެ.

2013 ވަނަ އަހަރު "ބީޓީއެސް" އާ ގުޅުނު ސުގާ އަކީ އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ރެޕަރެކެވެ. އޭނާގެ ފުރަތަމަ ސްޓޫޑިއޯ އަލްބަމަކީ މިދިޔަ އަހަރު ނެރުނު "ޑީ-ޑޭ"އެވެ. އެ އަލްބަމަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ.