ސައުދި އަރަބިއްޔާގެ ގެ މިނިވަން ދުވަހާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ ސައުދީގެ މިނިވަން ދުވަހުގެ ތަހުނިޔާ އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައޫދަށާއި، ވަލީއަހްދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައޫދަށް އަރިސްކުރާ ކަމަށެވެ.
މީގެއިތުރުން ރައީސް ވަނީ އެ ގައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާ ސަައުދީގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށްވެސް އަރިސް ކުރާ ކަމަށް ވިދާޅުވެފައެވެ.
ރައީސް ވަނީ ރާއްޖެއާއި ސައުދީއާއި ދެމެދު އޮތް އަހުވަންތަކަމުގެ ގުޅުން ކުރިޔަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށާއި، ދެ ގައުމުގެ ދެމެދު އޮތް ގާތްގުޅުން ބިނާވެފައި ވަނީ އެއްގައުމުން އަނެއް ގައުމަށް ކުރާ އިހުތިރާމާއި އިތުބާރުގެ މައްޗަށްކަމަށް ވިދާޅުވެފައެވެ.
ރައީސް ސައުދީގެ ރަސްގެފާނަށާއި ވަލީއަހްދަށް ފޮނުއްވި މެސެޖުގައި އެ ދެ ބޭފުޅުންނަށް ފުރިހަމަ ސިއްހަތާއި ކާމިޔާބީއަށް އަދި ސައުދި އަރަބިއްޔާގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް ވަނީ އެދިވަޑައިގެންފައެވެ.