އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ތިބި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ 30 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓް ކޮށްލައިފިއެވެ.

އިމިގްރޭޝަން އިން ބުނީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާމުލުމުގެ މަރުހަލާގެ ދަށުން 30 އަށް ވުރެ ގިނަ ބިދޭސީން އިއްޔެ ވަނީ ޑީޕޯޓްކޮށްފައި ކަމަށެވެ މި ފިޔަވަޅުގެ ސަބަބުން އިމިގްރޭޝަންގެ ގާނޫނުތަކާ އެއްގޮތަށް އަމަލުކުރުމަށް ކުރަމުންދާ ކަން ހާމަވެގެންދާ ކަމަށް ބުނެފައި ވެއެވެ.

އަދި ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީން ވެސް ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި އުލޭ ބިދޭސީންގެ މައްސަލަތައް ބޮޑުވެ، އެ މައްސަލަތައް ހައްލު ކުރުމަށް ގަވައިދާ ހިލާފަށް އުލޭ ބިދޭސީންނާއި ގަވައިދާ ހިލާފަށް ވިޔަފާރި ކުރާ ތަންތަން ފާސްކުރަން ފެށީ މިއަހަރު މެދުތެރޭގައެވެ. އެއާއެކު ގިނަ ތަންތަން ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް އަދި ޑީޕޯޓްކޮށްލާފައެވެ.

މި މަސައްކަތުގެ ތެެރެއިން އާންމު ސަލާމާތާއި ސިއްހަށް ނުރައްކާ ވާ ގޮތަށް ސާފުތާހިރުކަން ކުޑަތަންތަނުގައި ކާބޯތަކެތި އުފައްދާ ބިދޭސީންގެ މައްސަލަތައް އައީ ފެންނަމުންނެވެ. އެހެންކަމުން މި އޮޕަރޭޝަން އިތުރަށް ފުޅާކޮށް މާލޭގައި ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުން އަންނަ ގެތައް އިމިގްރޭޝަނުން ވަނީ ބަލައި ފާސްކުރަން ފަށާފައެވެ.

މި މަސައްކަތުގެ ތެރެއިން ކުދިކުދި ތަންތަންކޮޅުގައި ގިނަ އަދަދެއްގެ ގޭސް އުނދުނާއި ގޭސްފުޅި ބަހައްޓައިގެން ކައްކައި، ކާބޯތަކެތި އުފައްދާ އެތައް ބަޔަކު ވަނީ ފެނިފައެވެ. ހަމައެއާއެކު މި ތަންތަނުގައި ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެމުން އަންނަ އިރު، ގަވާއިދާ ހިލާފަށް އުޅޭ ގިނަ ބިދޭސީން ފެނިފައިވެއެވެ. އަދި އެމީހުން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.