ދިވެހިރާއްޖެ އާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ދެމެދު އޮންނަ ޒަމާންވީ، ގާތް ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ޔޫއޭއީގެ ބޮޑުވަޒީރުގެ ނާއިބު އަދި ހާރިޖީ ވަޒީރު ޝެއިހް އަބްދުالله ބިން ޒައިދު އަލް ނަޙްޔާންއާ ފޮރިން މިނިސްޓަރު މޫސާ ޒަމާރު މަޝްވަރާކުރައްވައިފިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު މިހާރު ޔޫއޭއީ އަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި އިއްޔެ އެ ގައުމުގެ ހާރިޖީ ވުޒާރާގައި ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ޒަމީރުވަނީ ރައީސް ޝެއްިހް މުހައްމަދު ބިން ޒައިދު އަލް ނަޙްޔާނަށް އެޑްރެސްކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާ ސިޓީފުޅެއް، ޔޫއޭއީގެ ހާރިޖީ ވަޒީރަށް އަރުވާފައެވެ.

މި ބައްދަވުމުގައި، ދިވެހިރާއްޖެއާއި ޔޫއޭއީ އާއި ދެމެދު އޮންނަ ޒަމާންވީ، ގާތް ގުޅުން އިތުރަށް ބަދަހިކުރުމާއި ބައިނަލްއަގްވާމީ މަސްރަހުގައި ދެ ގައުމުން ގުޅިގެން ކުރާ މަސައްކަތްތައް އިތުރުކުމާ ގުޅޭގޮތުން ދެ ވަޒީރުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރ ޒަމީރުވަނީ ޔޫއޭއީ އިން ރާއްޖެއާމެދު ބަހައްޓަމުން އަންނަ ގާތް ގުޅުމާއި އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި އެކަންކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރުގެ އަރިހުގައި، ޔޫއޭއީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް، އެމްބެސެޑާ އެޓް ލާޖް އަހުމަދު ނަސީރު؛ ސެކްރެޓަރީ، ބައިލެޓަރަލް، ޑރ. ހާލާ ހަމީދު، ޖޮއިންޓް ސެކްރެޓަރީ މަރްޔަމް ރީޝާ. އަދި ޔޫއޭއީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރު ހައްސާން ވަހީދު ބައިވެރިވަޑައިގެންނެވިއެވެ.