މިދިޔަ ސަރުކާރުން ދޫކުރި 500 މިލިއަން ޑޮލަރުގެ ސުކޫކުގެ ކޫޕަން ފައިސާ އަންނަ މަހު ދައްކާ ނިންމޭނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ދެއްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޒަމީރު ވިދާޅުވީ، ތާވަލާ އެއްގޮތަށް ސުކޫކު ދައްކަން އެއްވެސް ދަތިކަމެއް ނެތް ކަމަށެވެ. މި އަހަރުގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިއުލާންކުރެއްވި ގޮތަށް ބަދަލެއް ނައިސް ސުކޫކު ދެއްކޭނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.
އެގޮތުން ތާވަލުގައިވާ ގޮތަށް އަންނަ މަހުގެ 8 ވަނަ ދުވަހު ސުކޫކު ދެއްކުމަށް ރާވާފައިވާ ކަމަށާއި ފައިސާތައް ދައްކަން ޖެހޭ އެޖެންޓުންނާ ކުރަންޖެހޭ މުއާމަލާތްތައް ކުރަމުން މިހާރު ކުރަމުން އަންނަ ކަމަށް ޒަމީރު ވިދާޅުވިއެވެ. އަދި ސުކޫކު ދައްކައި ނިމުމުން އެއާ ބެހޭ އިތުރު މައުލޫމާތު ހިއްސާކުރައްވާނެ ކަމަށް ވެސް މިނިސްތަރު ވިދާޅުވިއެވެ.
ޒަމީރު މިހެން ވިދާޅުވެފައިވާ އިރު، މި ހަފްތާގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ސްކޫކް ވަގުތުން ވަގުތަށް ދައްކަން ޖެހުނަސް، އެ ފައިސާ ވެސް ދެއްކޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އެކަމަށްޓަކައި 650 މިލިއަން ޑޮލަރު ރައްކާކޮށްފައި އެބަހުރި ކަމަށާއި 500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކުމަށް ފަހު ވެސް 150 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ހުންނާނެ ކަމަށް ރައިސް ވަނީ ވިދާޅުވެފައެވެ2021 ވަނަ އަހަރު ނެގި މި ސުކޫކުގެ ކޫޕަން ފައިސާ ދައްކަން ޖެހެނީ ކޮންމެ އަހަރެއްގެ ވެސް އޭޕްރީލް އަދި އޮކްޓޯބަރު މަހުގައެވެ
