ރަސްމީ ދަތުރެއްގައި ހާރިޖީ ވަޒީރު މޫސާ ޒަމީރު، އެކުވެރި ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީއަށް) ފުރާ ވަޑައިގެންފިއެވެ.

މި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް އެ ގައުމަށް ކުރައްވާ ރަސްމީ މި ދަތުރުގައި އެ ގައުމުގެ ބޮޑުވަޒީރުގެ ނާއިބު އަދި ހާރިޖީ ވަޒީރު، ޝައިހް އަބްދުالله ބިން ޒައިދު އަލް ނަހްޔާންގެ އިތުރުން ޔޫއޭއީ ސަރުކާރުގެ އެހެނިހެން އިސްވެރިންނާ ބައްދަލުކުރައްވާނެއެވެ.

އަދި މިއީ ރާއްޖެއާއި އެ ގައުމާ ދެމެދު އޮންނަ ގާތް، ރަހްމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ހާރިޖީ ވުޒާރާއިން ބުނެއެވެ.

ޒަމީރުގެ އަރިހުގައި އެމްބެސެޑާ-އެޓް-ލާޖް، އަހުމަދު ނަސީރާއި ސެކްރެޓަރީ، ބައިލެޓަރަލް، ޑރ. ހާލާ ހަމީދުގެ އިތުރުން ޖޮއިންޓް ސެކްރެޓަރީ، މަރްޔަމް ރީޝާ ބައިވެރިވެވަޑައިގަންނަވައެވެ.