ބްރިޖް ލައިޓް ކައިރީގައި ހިނގި އެކްސިޑެންޓުގައި 3 މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

2 ސައިކަލެއް ޖެހި ހިނގި މި އެކްސިޑެންޓް ރިޕޯޓް ކޮށްފައި ވަނީ މިއަދު ފަތިހު 5:26 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓުގައި 3 މީހަކަށް އަނިޔާވެފައި ވާއިރު 3 މީހުންނަށް ވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެކްސިޑެންޓުގައި ހިމެނޭ އެއް ސައިކަލް ދުއްވި 21 އަހަރުގެ ފިރިހެން މީހާ އަދި އެ ސައިކަލު ފަހަތުގައި އިން 19 އަހަރުގެ މީހާއަށް ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗް ގައި ކަމަށެވެ. އަދި އެކްސިޑެންޓުގައި ހިމެނޭ އަނެއް ސައިކަލް ދުއްވި 43 އަހަރުގެ ފިރިހެން މީހާއަށް ފަރުވާ ދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ އެކްސިޑެންޓުގެ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.