ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ހުޅުމާލެއިން 3 މިލިއަން ރުފިޔާގެ ފްލެޓެއް ބައްލަވައިގެންފިއެވެ.

މިނިސްޓަރު ހަލީލް ބައްލަވައިގެންފައި ވަނީ އެފްޑަބްލިއު ރެސިޑެންސްގެ ފެލެޓްއެކެވެ.

3،167،687 ރުފިޔާއަށް މިނިސްޓަރު ހަލީލް ބައްލަވައިގަނެފައި ވަނީ 1235 އަކަފޫޓްގެ ފްލެޓެކެވެ.

އެ ފްލެޓުގެ އަގަށްވާ ފައިސާ މިނިސްޓަރު ހަލީލް ދައްކާފައިވާތީ ހައުސިން ޑިވޮލޮޕޮމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވަނީ އެ ފްލެޓް ހަލީލްގެ ނަމަށް ބަދަލު ކުރުމަށް ހުށަހަޅާފައެވެ. އަދި އެ ފައިސާ ދައްކާފައިވާތީ އެ ފްލެޓް، މިނިސްޓަރު ހަލީލަށް މިލްކުވެފައިވާ ކަމަށް ސިވިލް ކޯޓުން ވަނީ މި މަހުގެ 7 ވަނަ ދުވަހު ހުކުމްކޮށްފައެވެ.

މިހާރު ހެލްތް މިނިސްޓަރުގެ މަގާމުހައި ހުންނެވި ހަލީލް ވަނީ މީގެކުރިން ނިލަންދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާފައެވެ.