ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް ތުރުކީއަށް ވަޑައިގެންފިއެވެ.
މިނިސްޓަރު ހަލީލް ތުރުކީއަށް ވަޑައިގެންފައި ވަނީ ތުރުކީގެ ފޮރިން މިނިސްޓަރު ހަކާން ފިދާން ދެއްވި ދައުވަތަކަށް އަންތާލިޔާ ޑިޕްލޮމަސީ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށެވެ.
"ރީކްލެއިމިން ޑިޕްލޮމަސީ އިން އަ ފްރެގްމެންޓެޑް ވޯލްޑް"ގެ ޝިއާރުގެ ދަށުން މި މަހުގެ 11 އިން 13ގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ފޯރަމް އޮންނާނީ އަންތާލިއާގެ ނެސްޓް ކޮންވެންޝަން ސެންޓަރުގައެވެ.
މި ފޯރަމްގައި "ޖިއޯސްޓްރެޓެޖިކް ޑައިނަމިކްސް އިން ދަ އޭޝިއާ ޕެސިފިކް"ގެ ނަމުގައި ބާއްވާ ޕެނަލް ޑިސްކަޝަންގައި މިނިސްޓަރު ހަލީލް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާ މި ފޯރަމްގެ ހަވާސާގައި މިނިސްޓަރު ހަލީލް ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.
އަންތާލިއާ ޑިޕްލޮމަސީ ފޯރަމްގައި މިނިސްޓަރު ހަލީލް ބައިވެރިވެވަޑައިގަތުމަކީ ބައިނަލްއަގްވާމީ އަދި ސަރަހައްދީ ގޮންޖެހުންތައް ހައްލުކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކޮށް މަޝްވަރާއާއި އެއްބާރުލުންދޭކަން ހާމަވެގެންދާ ކަމެއްކަން ފޮރިން މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.